Powered By:
ޓީމުގެ ނަން:
ސްޕެއިން
އާބާދީ:
47.33 މިލިއަން
ފީފާ ރޭންކިން:
7
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

މިއަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ނިކުންނަނީ ޒުވާން ސްކޮޑަކާއެކުއެވެ. ކުޅުންތެރިންގެ އުމުރު ކިތަންމެ ހަގުވި ނަމަވެސް އެ ކުޅުންތެރިންނަކީ ޔޫރަޕްގެ އެންމެ ބޮޑެތި ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އެހެންކަމުން މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ސްޕެއިން ހިމެނޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

David Raya
(Goalkeeper)
Álex Remiro
(Goalkeeper)
Unai Simón
(Goalkeeper)
Raúl Asencio
(Defender)
Marc Cucurella
(Defender)
Mario Gila
(Defender)
Álex Grimaldo
(Defender)
D. Huijsen
(Defender)
Robin Le Normand
(Defender)
Óscar Mingueza
(Defender)
Pedro Porro
(Defender)
Álex Baena
(Midfielder)
Aleix García
(Midfielder)
Pedri
(Midfielder)
Mikel Merino
(Midfielder)
Dani Olmo
(Midfielder)
Yeremy Pino
(Midfielder)
Fabián Ruiz
(Midfielder)
Martín Zubimendi
(Midfielder)
Álvaro Morata
(Attacker)
Lamine Yamal
(Attacker)
Samu
(Attacker)
Mikel Oyarzabal
(Attacker)
Ayoze Pérez
(Attacker)
Ferran Torres
(Attacker)
Nico Williams
(Attacker)
Bryan Zaragoza
(Attacker)
ކެޕްޓަން: ސާޖިއޯ ބުސްކެޓްސް

ސްޕެއިންގެ ކެޕްޓަންއަކީ ދުނިޔޭގެ ގަދަ ބާރު ބާސެލޯނާގެ ކެޕްޓަންކަންވެސް ކުރާ ސާޖިއޯ ބުސްކެޓްސްއެވެ. ދުނިޔޭގެ އެންމެ މޮޅެތި ޑިފެންސިވް މިޑްފީލްޑަރުންގެ ތެރޭގައި އޭނާ ގުނާލެވެއެވެ. ދަނޑުމަތީގައި މަސައްކަތު ރޭޓުގެ ގޮތުން އޭނާ އަކީ ނަމޫނާއެކެވެ. އަދި އޭނާ އަކީ ޓީމުގެ ކުޅުން ބައްޓަން ކުރުމުގައި މުހިންމު ކުޅުންތެރިއެވެ. އުމުރުން 34 އަހަރުގެ ބުސްކެޓްސް ވަނީ ސްޕެއިން ގައުމީ ޓީމަށް 139 މެޗު ކުޅެ ދެ ގޯލު ޖަހައިފައެވެ. އޭނާ އަކީ 2010 ވަނަ އަހަރު ވޯލްޑްކަޕް އުފުލާލި ކުޅުންތެރިއެކެވެ.

ކޯޗް: ލުއިސް އެންރީކޭ

މި ވޯލްޑްކަޕްގައި ސްޕެއިންއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު އަދި ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ގުނާލެވޭ ލުއިސް އެންރީކޭއެވެ. އޭނާ ފާހަގަކޮށްލެވުނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާއަށް ހޯދައިދިން ކާމިޔާބީތަކުގެ ސަބަބުންނެވެ. އެގޮތުން އެންރީކޭ ވަނީ 2015 ވަނަ އަހަރު ބާސެލޯނާއަށް ދެވަނަ ފަހަރަށް ޓްރެބަލްއެއް ކާމިޔާބުކޮށްދީފައެވެ. އެންރީކޭ ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ.

މުހިންމު ކުޅުންތެރިން: ޕެޑްރި ގޮންޒާލޭޒް

މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި 'ގޯލްޑެން ބޯއި'ގެ ލަގަބު ހާސިލުކުރި ޕެޑްރީއަކީ ބާސެލޯނާއަށް ކުޅޭ އުފެއްދުންތެރި މޮޅު މިޑްފީލްޑަރެކެވެ. އުމުރުން 19 އަހަރުގެ ޕެޑްރީ ވަނީ މިދިޔަ އަހަރުގެ ޔޫރޯގައި ސްޕެއިންއަށް މޮޅު ކުޅުމެއް ދައްކައިދީފައެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާ އަކީ މިހާރު އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin