Powered By:
ޓީމުގެ ނަން:
ސެނެގާލް
އާބާދީ:
17.5 މިލިއަން
ފީފާ ރޭންކިން:
18
ފެޑްރޭޝަން
ކޭޕް (އެފްރިކާ)

އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ވަރަށް ގަދަކޮށް ސެނެގާލް ވޯލްޑުކަޕާ ކުރިމަތިލާއިރު އެ ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. އެ ޓީމު ވޯލްޑުކަޕަށް ކޮލިފައިވެފައި ވަނީ އެފްރިކާގެ ގަދަ އެއްބާރު ކަމަށްވާ އިޖިޕްޓު ބަލިކޮށްފައެވެ. އެ ޓީމު އަންނަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެހެން ޓީމުތަކުގެ ކުރިމަތީގައި ފައިވިއްދަމުންނެވެ. މި އަހަރުގެ ވޯލްޑުކަޕަކީ އެ ޓީމުގެ ފެންވަރު އެހެން ގައުމުތަކާ އަޅާ ބަލާލައި، ޔޫރަޕާއި އެމެރިކާގެ ގަދަ ޓީމުތަކާ ވާދަކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

M. Diaw
(Goalkeeper)
Y. Diouf
(Goalkeeper)
É. Mendy
(Goalkeeper)
I. Camara
(Defender)
A. Diallo
(Defender)
K. Koulibaly
(Defender)
A. Mendy
(Defender)
M. N'Diaye
(Defender)
M. Niakhaté
(Defender)
A. Seck
(Defender)
L. Camara
(Midfielder)
P. Ciss
(Midfielder)
K. Diatta
(Midfielder)
I. Gueye
(Midfielder)
P. Gueye
(Midfielder)
D. Lopy
(Midfielder)
C. Niasse
(Midfielder)
P. Sarr
(Midfielder)
B. Dia
(Attacker)
H. Diallo
(Attacker)
Assane Diao
(Attacker)
S. Mané
(Attacker)
C. Ndiaye
(Attacker)
R. Sagna
(Attacker)
I. Sarr
(Attacker)
A. Sima
(Attacker)
Marc Philips Arona Diouf
(Goalkeeper)
D. Ba
()
Joseph Samb
(Defender)
Cisse Moussa
(Defender)
Baye Assane Ciss
(Defender)
S. Ndiaye
()
Libasse Guèye
(Midfielder)
M. Yaya Ly
()
C. Gomis
()
Serigne Moctar Koïté
(Midfielder)
Niang Ameth
(Attacker)
Bonaventure Fonseca
(Midfielder)
Mbaye Ndiaye
(Attacker)
V. Cisse
()
P. Badji
()
Coly Amadou
(Defender)
Insa Boye
(Midfielder)
M. Sembene
()
Issa Kane
(Midfielder)
Ababacar Sarr
(Attacker)
S. Mballo
()
Cheikh Lo Ndoye
(Goalkeeper)
O. Seck
(Midfielder)
O. Ba
()
M. Mbodji
()
Christian Pierre Louis Louis Gomis
(Attacker)
Pape Abasse Badji
(Midfielder)
Issaga Kane
(Midfielder)
El Hadji Malick Diouf
(Midfielder)
Mouhamadou Habib Diarra
(Midfielder)
Iliman Cheikh Baroy Ndiaye
(Midfielder)
Cheikh Tidiane Sabaly
(Attacker)
Nicolas Jackson
(Attacker)
Mamadou Moustapha Mbow
(Defender)
Ismail Joshua Jakobs
(Defender)
ކެޕްޓަން: ކަލިދައު ކައުލިބަލީ

ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ސެނެގާލްގެ ކެޕްޓަން ކައުލިބަލީ ހިމެނެއެވެ. އިނގިރޭސި ގަދަ ބާރު ޗެލްސީއަށް ކުޅޭ ކައުލިބަލީ އަކީ ޖެހިލުން ކުޑަ ދަނޑުމަތީގައި ގަދަ އަޅާ މަސައްކަތް ކުރާ ކުޅުންތެރިއެއްކަމަށް ގިނަ ބަޔަކު ސިފަކުރާ ކުޅުންތެރިއެކެވެ. އުމުރުން 32 އަހަރުގެ ކައުލިބަލީގެ ތަޖުރިބާގެ އަލީގައި ސެނެގާލްގެ ގައުމީ ޓީމުން ދަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. ފްރާންސަށް އުފަން ކައުލިބަލީ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް 2015 ވަނަ އަހަރުން ފެށިގެން 62 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އެ ޓީމަށް 62 ގޯލު ޖަހައިދީފައެވެ.

ކޯޗް: އަލިއޮއު ކިސޭ

އުމުރުން 46 އަހަރުގެ އަލިއޮއު ކިސޭ އަކީ 2015 ވަނަ އަހަރުން ފެށިގެން ސެނެގާލްގެ ގައުމީ ޓީމުގެ ކޯޗެވެ. އޭނާގެ ކޯޗިން ކެރިއާ ފަށާފައިވަނީ ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. އޭނާއަކީ ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެއްވެސްމެއެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީއަށާއި ލިލޭއަށް އޭނާ ވަނީ ކުޅެފައެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން އޭނާ ވަނީ ސެނެގާލްގެ ގައުމީ ޓީމަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދީފައެވެ.

މުހިންމު ކުޅުންތެރިން: އެޑުއާޑް މެންޑީ

ސެނެގާލް ގައުމީ ޓީމުގެ މައި އެއް ތަނބަކީ އެ ޓީމުގެ ދިފާއީ ބާރު، އެޑުއާޑް މެންޑީއެވެ. މީގެ އަށް އަހަރު ކުރިން އޭނާ ހުރީ ކުޅޭނެ ކްލަބެއް ނެތިފައެވެ. އެކަމަކު ފްރާންސްގެ ދަށް ޑިވިޝަންގެ ކްލަބްތަކުން ކުޅެން ފަށައި ސެނެގާލްގެ 30 އަހަރުގެ ގޯލްކީޕަރު އެޑުއާޑް މެންޑީއަކީ މިހާރު ޔޫރަޕްގެ މަޝްހޫރު ކްލަބް ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރެވެ. އޭނަ ވަނީ މިހާތަނަށް ސެނެގާލްގެ ގައުމީ ޓީމަށް 25 މެޗު ކުޅެދީފައެވެ. އެ މެޗުތަކުގައި އޭނާގެ ފަރާތުން ފެނިފައިވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin