Powered By:
ޓީމުގެ ނަން:
އީރާން
އާބާދީ:
86.5 މިލިއަން
ފީފާ ރޭންކިން:
20
ފެޑްރޭޝަން
އޭއެފްސީ (އޭޝިއާ)

އިރާނަކީ ފީފާ ރޭންކިންއަށް ބަލާއިރު، އޭޝިއާގެ އެއްވަނަ ޓީމެވެ. އީރާނުން މިހާތަނަށް ހަ ވޯލްޑްކަޕް ކުޅެފައިވީ ނަމަވެސް އެ ޓީމު އެއްވެސް ފަހަރެއްގައި ގުރޫޕު ސްޓޭޖަށްވުރެ ކުރިއަށް ގޮސްފައިނުވެއެވެ. އެހެން ނަމަވެސް އީރާން ފާހަގަކޮށްލެވެނީ ހިތްވަރުގަދަ އަދި ބުރަ މަސައްކަތްކުރާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއްގެ ގޮތުގައެވެ. އެގޮތުން އިރާން ވަނީ މިހާތަނަށް ތިން ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. އެގޮތުން 1968، 1972، އަދި 1976 ވަނަ އަހަރުގެ އޭޝިއަން ކަޕް އެ ޓީމަށް ކާމިޔާބު ކުރެވުނު ނަމަވެސް އޭގެ ފަހުން އިރާނަށް އެ މުބާރާތުގައި ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

A. Abedzadeh
(Goalkeeper)
Seyed Hossein Hosseini
(Goalkeeper)
Seyed Payam Niazmand Ghader
(Goalkeeper)
Alireza Safar Beiranvand
(Goalkeeper)
Roozbeh Cheshmi
(Defender)
M. Hosseini
(Defender)
Seyed Abolfazl Jalali Boorani
(Defender)
Mohammad Hossein Kanani Zadegan
(Defender)
Shoja Khalilzadeh
(Defender)
Milad Mohammadi Keshmarzi
(Defender)
S. Moharrami
(Defender)
Morteza Pouraliganji
(Defender)
Ramin Rezaeian Semeskandi
(Defender)
Vahid Amiri
(Midfielder)
S. Ezatolahi
(Midfielder)
A. Gholizadeh
(Midfielder)
Ehsan Hajisafi
(Midfielder)
A. Karimi
(Midfielder)
Ahmad Noorollahi
(Midfielder)
Mehdi Torabi
(Midfielder)
K. Ansarifard
(Attacker)
S. Azmoun
(Attacker)
S. Ghoddos
(Attacker)
A. Jahanbakhsh
(Attacker)
M. Taremi
(Attacker)
ކެޕްޓަން: އެހުސަން ހަޖްސާފީ

އީރާން ޓީމުގެ ކެޕްޓަނަކީ ގްރީސް ސުޕަ ލީގުގެ ކްލަބު އޭއީކޭ އެތެންސްއަށް ކުޅެމުން އަންނަ އެހުސަން ހަޖްސާފީއެވެ. ހަޖްސާފީއަކީ ގިނަ މަގާމުތަކަކަށް ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެއް ނަމަވެސް އޭނާ ބޮޑަށް ފާހަގަކޮށްލެވެނީ ވާތު ފުލްބެކުންނެވެ. ކަނާތު މިޑްފީލްޑަރެއްގެ ގޮތުގައާއި ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައާއި ވިންގާގެ ގޮތުގައިވެސް އޭނާ ބައެއް މެޗުތަކުން ފެނެއެވެ. އެހުސަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. ގޯލް.ކޮމް އިން 2009 ވަނަ އަހަރު ހޮވި، އޭޝިއާ ފުޓުބޯޅައިގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީ އެހުސަންއަށެވެ.

ކޯޗް: ކާލޯސް ކުއެރޯޒް

ކުއެރޯޒް އަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލްއަށް އުފަން ކުއެރޯޒް ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

މުހިންމު ކުޅުންތެރިން: ސަރުދާރު އަޒްމޫން

އީރާނު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ، 2014 ވަނަ އަހަރު އުމުރުން އެންމެ 19 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި ސަރުދާރު އަޒްމޫންއެވެ. އޭނާ އަކީ ޖަރުމަނު ބޮންޑެސްލީގާގެ ބަޔާން ލިވަކޫސަންއަށް ކުޅޭ ކުޅުންތެރިއެކެވެ. ގޯލާ ރަށްޓެހި ކުޅުންތެރިއެއްގެ ގޮތުގައި ފެންނަ އަޒްމޫން ވަނީ މިހާތަނަށް 40 ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin