Powered By:
ޓީމުގެ ނަން:
ޕޮލެންޑް
އާބާދީ:
37.78 މިލިއަން
ފީފާ ރޭންކިން:
26
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ޕޮލެންޑުން އަށް ފީފާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާއިރު، އެޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަކުން ފެނުނީ 1938 ވަނަ އަހަރުގައެވެ. އެ ފަހަރު އެ ޓީމު ކެޓީ ބްރެޒިލް އަތުންނެވެ. މި ފަހަރުގެ ވޯލްޑްކަޕަށް ޕޮލެންޑް ކޮލިފައިވީ ކުޅުނު 10 މެޗުން 20 ޕޮއިންޓު ހޯދައިގެން ކޮލިފައިން ގުރޫޕު ސްޓޭޖުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

M. Bułka
(Goalkeeper)
B. Drągowski
(Goalkeeper)
B. Mrozek
(Goalkeeper)
Ł. Skorupski
(Goalkeeper)
J. Bednarek
(Defender)
B. Bereszyński
(Defender)
M. Cash
(Defender)
P. Dawidowicz
(Defender)
J. Kiwior
(Defender)
K. Piątkowski
(Defender)
M. Skrzypczak
(Defender)
M. Wieteska
(Defender)
M. Bogusz
(Midfielder)
P. Frankowski
(Midfielder)
J. Kamiński
(Midfielder)
J. Moder
(Midfielder)
J. Piotrowski
(Midfielder)
B. Slisz
(Midfielder)
S. Szymański
(Midfielder)
K. Urbański
(Midfielder)
A. Buksa
(Attacker)
R. Lewandowski
(Attacker)
D. Marczuk
(Attacker)
K. Piątek
(Attacker)
K. Świderski
(Attacker)
Przemysław Wiśniewski
(Defender)
Piotr Sebastian Zieliński
(Midfielder)
Nicola Zalewski
(Midfielder)
Paweł Marek Wszołek
(Midfielder)
Bartosz Kapustka
(Midfielder)
Kamil Paweł Grosicki
(Midfielder)
Kamil Mieczysław Grabara
(Goalkeeper)
Tomasz Karol Kędziora
(Defender)
Jan Ziółkowski
(Defender)
Arkadiusz Pyrka
(Defender)
ކެޕްޓަން: ރޮބާޓް ލެވަންޑޮސްކީ

ޕޮލެންޑުގެ ކެޕްޓަނަކީ ލަލީގާގެ މަޝްހޫރު ކުލަބު ބާސަލޯނާއަށް ކުޅޭ ރޮބާޓު ލެވަންޑޮސްކީއެވެ. ޕޮޒިޝަނިން، ޓެކްނިކް އަދި ފިނިޝިންއަށް މަޝްހޫރު ލެވަންޑޯސްކީ އަކީ އެންމެ މޮޅު އެއް ފޯވާޑްގެ އިތުރުން ބުންޑަސްލީގާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލު ޖަހައި ޔޫރަޕްގެ ރަން ބޫޓު ކާމިޔާބުކޮށްފައެވެ. އަދި 2020 އަދި 2021 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދައިފައެވެ. ލެވަންޑޯސްކީ ވަނީ 134 މެޗު ކުޅެ 76 ގޯލު ޖަހައިފައެވެ.

ކޯޗް: ޗެސްލާވް މިޗްނިއެވިޗް

ޕޮލެންޑުގެ ކޯޗަކީ ބެލަރޫސްއަށް އުފަން، ޕޮލެންޑުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޗެސްލާވް މިޗްނިއެވިޗްއެވެ. މިއަހަރު ޖަނަވަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ޗެސްލާވް ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް އަދި ކުޅެފައިވަނީ އެންމެ އަށް މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު ދެމެޗުން ވީއެއްވަރެވެ. ޕޮލެންޑާއެކު ޗެސްލާވް ނިކުންނަނީ ސީނިއާ ގައުމީ ޓީމަކާއެކު ކޯޗެއްގެ ހައިސިއްޔަތުން އޭނާ ނިކުންނަ ފުރަތަމަ މުބާރާތަށެވެ.

މުހިންމު ކުޅުންތެރިން: ސެބަސްޓިއަން ޒިއެލިންސްކީ

ޕޮލެންޑު ގައުމީ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކަށްވާނީ ސެބަސްޓިއަން ޒިއެލިންސްކީއެވެ. އޭނާއަކީ އިޓާލިއަން ސެރިއޭގެ ނަޕޯލީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ޒިއެލިންސްކީ ފުޓުބޯޅަ ކެރިއަރު ފެށީ 2012 ވަނަ އަހަރު އިޓާލިއަން ސެރިއޭގެ އުޑިނީސްއިންނެވެ. އޭނާ ނަޕޯލީއަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ. ޒިއެލިންސްކީ ވަނީ ޕޮލެންޑު ގައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން 74 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin