Powered By:
ޓީމުގެ ނަން:
މޮރޮކޯ
އާބާދީ:
37 މިލިއަން
ފީފާ ރޭންކިން:
22
ފެޑްރޭޝަން
ކޭފް (އެފްރިކާ)

ފީފާ ރޭންކިންއަށް ބަލާއިރު މޮރޮކޯއަކީ އެފްރިކާ ބައްރުގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމެވެ. އެ ގައުމު ވަނީ ފަސް ވޯލްޑްކަޕެއް ކުޅެފައެވެ. ނަމަވެސް ވޯލްޑްކަޕްގައި އެ ޓީމަކީ އެހާ ކާމިޔާބު ޓީމެއް ނޫނެވެ. މޮރޮކޯ ޓީމުގައި، ޔޫރަޕްގައި ކުޅުމުގެ ތަޖުރިބާ ހުރި، މޮޅު ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެ ކުޅުންތެރިންނާއެކު އެ ޓީމު ފާހަގަކުރެވެނީ ބުރަ މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައެވެ.

M. Benabid
(Goalkeeper)
Y. Bounou
(Goalkeeper)
M. Mohamedi
(Goalkeeper)
A. Abqar
(Defender)
N. Aguerd
(Defender)
Adam Aznou Ben Cheikh
(Defender)
O. El Hilali
(Defender)
J. El Yamiq
(Defender)
A. Hakimi
(Defender)
J. Harkass
(Defender)
N. Mazraoui
(Defender)
Brahim Díaz
(Midfielder)
S. Amrabat
(Midfielder)
Y. Belammari
(Defender)
E. Ben Seghir
(Attacker)
B. El Khannouss
(Midfielder)
B. Nadir
(Midfielder)
A. Ounahi
(Midfielder)
I. Saibari
(Midfielder)
O. Targhalline
(Midfielder)
A. Adli
(Attacker)
Y. En-Nesyri
(Attacker)
A. Ezzalzouli
(Attacker)
H. Igamane
(Attacker)
S. Rahimi
(Attacker)
O. Sahraoui
(Attacker)
C. Talbi
(Attacker)
Mehdi Harrar
(Goalkeeper)
Mohamed Moufid
(Defender)
Mohamed Rabie Hrimat
(Defender)
Bouchaib Arrassi
(Defender)
Marouane Louadni
(Defender)
Anas El Mahraoui
(Attacker)
Anas Bach
(Defender)
Ayoub Mouloua
(Attacker)
Khalid Aït Ouarkhane
(Midfielder)
Imad Riahi
(Midfielder)
Salaheddine Errahouli
(Midfielder)
Oussama Lamlaoui
(Attacker)
Youssef Mehri
(Attacker)
Sabir Bougrine
(Midfielder)
Y. El Kaabi
(Attacker)
Amine Souane
(Midfielder)
Mohamed Boulacsout
(Midfielder)
Khalid Baba
(Attacker)
Abdelhak Assal
(Defender)
Mehdi Lamchkhchakh
(Defender)
Rachid Ghanimi
(Goalkeeper)
Ayoub Khairi
(Defender)
Saif-Eddine Bouhra
(Attacker)
Hossam Essadak
(Midfielder)
Fouad Zahouani
(Defender)
Reda Hajji
(Attacker)
Adam Masina
(Defender)
Neil El Aynaoui
(Midfielder)
Ayoub El Kaabi
(Attacker)
Souffian El Karouani
(Defender)
Mohamed Chibi
(Defender)
Ilias Akhomach Chakkour
(Attacker)
Maroan Sannadi Harrouch
(Attacker)
ކެޕްޓަން: ރޮމައިން ސައިސް

މިފަހަރު މޮރޮކޯ ގައުމީ ޓީމުގެ ކެޕްޓަނަކީ ރޮމައިން ސައިސްއެވެ. އޭނާއަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ވުލްވްސްއަށް ކުޅުނު މޮޅު ޑިފެންޑަރެކެވެ. އޭނާ މިހާރު ކުޅެމުންދަނީ ތުރުކީގެ ގަދަ ބާރު ބެސިކްޓާސްއަށެވެ. އޭނާ ފާހަގަކުރެވެނީ ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ލީޑަޝިޕް ދައްކާ ކުޅުންތެރިއްގެ ގޮތުގައެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން މޮރޮކޯ ގައުމީ ޓީމަށް ކުޅެމުން އަންނަ ސައިސް ވަނީ އެ ގައުމު ކުޅުނު ހުރިހާ މުހިންމު މުބާރާތެއްގައިވެސް ކުޅެފައެވެ.

ކޯޗް: ަލީދު ރަގްރަގީ

މޮރޮކޯ ވޯލްޑްކަޕަށް ކޮލިފައިކޮށްދިން ކޯޗު ވާހިދު ރެގާގީ މަގާމުން ވަކިކުރުމަށް ފަހު ވަލީދު އެ މަގާމަށް ހަމަޖެއްސީ ވޯލްޑްކަޕް ފެށެން ތިން މަހަށް ވެފައި ވަނިކޮށެވެ. އޭނާ ވަނީ ކުރިން މޮރޮކޯ ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ކެރިއަރު ފެށީ މޮރޮކޯ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އޭގެ ފަހުން ގަތަރު ސްޓާސް ލީގުގެ އަލް ދުހައިލް އަށާއި، ވައިދާދްއަށް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. މި ވޯލްޑްކަޕަކީ ކޯޗެއްގެ ގޮތުން ވަލީދު ކުރިމަތިލާ ފުރަތަމަ ވޯލްޑްކަޕެވެ.

މުހިންމު ކުޅުންތެރިން: ހަކީމް ޒިޔާޝް

މޮރޮކޯ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ހަކީމް ޒިޔާޝްއެވެ. ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގައި އެ ޓީމުގެ ކޯޗު ކަމުގައި ހުރި ވާހިދު އެ މަގާމުން ވަކިކުރީ، އޭނާއާއި ޒިޔާޝްއާ ދެމެދު މައްސަލަ ޖެހި، ޒިޔާޝްއަށް މެޗުތަކުން ޖާގަ ނުދިނުމުގެ ސަބަބުން އެ ގައުމުގެ ސަޕޯޓަރުންގެ ޕްރެޝަރާ ހެދިއެވެ. ޒިޔާޝް އަކީ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީއަށް ކުޅޭ ހުނަރުވެރި ސްޓްރައިކަރެކެވެ. ހަލުވި ކުޅުންތެރިއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ އުމުރުން 29 އަހަރުގެ ޒިޔާޝް ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މޮރޮކޯ ގައުމީ ޓީމަށް 42 މެޗު ކުޅެ 17 ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin