Powered By:
ޓީމުގެ ނަން:
ގާނާ
އާބާދީ:
31.73 މިލިއަން
ފީފާ ރޭންކިން:
61
ފެޑްރޭޝަން
ކޭފް

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "ކަޕް އޮފް ނޭޝަންސް" ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ ގާނާއަކީ ފީފާ ރޭންކިންއަށް ބަލާއިރު މި އަހަރު ވޯލްޑްކަޕްގައި ކުޅޭ އެންމެ ދަށް ޓީމެވެ. ގާނާއަކީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމު ކަމުގައިވީނަމަވެސް އެ ޓީމަކީ ވޯލްޑްކްޕަގައި ކާމިޔާބު ޓީމެއް ނޫނެވެ. އެ ޓީމަށް ވޯލްޑްކަޕްގެ ޖާގަ ފުރަތަމަ ލިބުނީ 2006 ވަނަ އަހަރުއެވެ.

ކެޕްޓަން: އަންޑްރޭ އަޔޫ

ގާނާ ގައުމީ ޓީމުގެ ކޯޗަކީ އަޔޫއެވެ. އޭނާއަކީ ޔޫރަޕްގެ ތަޖުރިބާހުރި، ހަލުވި ސްޓްރައިކަރެކެވެ. އަޔޫ ފުޓުބޯޅަ ކެރިއަރު ފެށީ ފްރާންސްގެ މާސޭއިންނެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ސްވެންސީ ސިޓީއާއި ވެސްޓްހަމްއަށް ވެސް އޭނާ ވަނީ ކުޅެފައެވެ. އަޔޫ މިހާރު ކުޅެމުންދަނީ ގަތަރުގެ އަލް ސަދްއަށެވެ. އޭނާ ގާނާގެ ގައުމީ ޓީމަށް ކުޅެންފެށީ 2007 ވަނަ އަހަރުއެވެ. އަދި މިހާތަނަށް 109 މެޗު އަޔޫ ކުޅެފައިވާއިރު އޭނާ ވަނީ 17 ގޯލު ޖަހައިފައެވެ.

ކޯޗް: އޮއްޓޮ އައްޑޮ

ގާނާގެ ގައުމީ ޓީމުގެ ކޯޗަކީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އޮއްޓޮ އައްޑޮއެވެ. ގާނާއަކީ އޭނާ ކޯޗުކޮށްދޭ ފުރަތަމަ ކުލަބެވެ. އޭނާ ގާނާގެ ގައުމީ ޓީމާ ރަސްމީކޮށް ހަވާލުވީ މިއަހަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާއަކީ އެ ޓީމުގެ ވަގުތީ ކޯޗެވެ. ވަގުތީ ކޯޗަކަށް ވުމުގެ ކުރިން 2021 ވަނަ އަހަރު އައްޑޮ މަސައްކަތްކުރީ ގާނާ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ ވަނީ ބަރޫޝިއާ ޑޯޓުމަންޑުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މިއަހަރުގެ ވޯލްޑްކަޕަކީ އައްޑޮގެ ކޯޗިން ކެރިއަރު މިނެ ކިރާލުމަށް ރަނުގެ ފުރުސަތެކެވެ.

މުހިންމު ކުޅުންތެރިން: މުހައްމަދު ކުޑުސް

ގާނާގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މުހައްމަދު ކުޑުސްއެވެ. އޭނާއަކީ މި ވޯލްޑްކަޕްގައި އެންމެ ވިދާލާނެ އެއް ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އުމުރުން 22 އަހަރުގެ ކުންޑުސް އަކީ އަޔެކްސްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރެކެވެ. ޔޫރަޕްގެ ގިނަ ކުލަބުތަކުން ދަނީ އޭނާއަށް ފާރަލަމުންނެވެ. ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ކުންޑުސް އަންނަނީ ގާނާގެ ގައުމީ ޓީމަށް ކުޅެމުންނެވެ. އެގޮތުން އޭނާ ވަނީ 18 މެޗެއް ގާނާ ގައުމީ ޓީމަށް ކުޅެ، ފަސް ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin