Powered By:
ޓީމުގެ ނަން:
ކެމަރޫން
އާބާދީ:
27.22 މިލިއަން
ފީފާ ރޭންކިން:
43
ފެޑްރޭޝަން
ކޭޕް (އެފްރިކާ)

"އިންޑޮމިޓަބްލް ލަޔަންސް"ގެ ނަމުން މަޝްހޫރު ވެފައިވާ ކެމެރޫން ވޭތުވެދިޔަ ވޯލްޑްކަޕަށް ކޮލިފައިވެފައެއްނުވެއެވެ. ނަމަވެސް އެ ގައުމަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ވޯލްޑްކަޕް ކުޅުނު ޓީމެވެ. އެގޮތުން އެ ގައުމު ވަނީ ނުވަ ވޯލްޑްކަޕެއް ކުޅެފައެވެ. ނަމަވެސް ފުޓްބޯޅަ ކުޅުންތެރިންނާއި އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާ ދެމެދު މައްސަލަތައް ޖެހި، އެ ގައުމުގެ ފުޓުބޯޅަ ވަނީ ވަރަށް ބޮޑަށް އަޑި އަޅާލާފައެވެ. އަދި ސަރުކާރުން އެ ގައުމުގެ ފުޓުބޯޅަ ފެޑްރޭޝަނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ފީފާއިން މީގެ ކުރިން އެ ގައުމު ސަސްޕެންޑު ވެސް ކުރިއެވެ.

D. Epassy
(Goalkeeper)
S. Ngapandouetnbu
(Goalkeeper)
Blondy Rudolph Nna Noukeu
(Goalkeeper)
H. Ousmanou
(Goalkeeper)
S. Eloundou
(Defender)
O. Kamdem
(Defender)
K. Keben
(Defender)
S. Keller
(Defender)
S. Kotto
(Defender)
C. Malone
(Defender)
E. Moungam
(Defender)
M. Nagida
(Defender)
D. Yongwa
(Defender)
F. Ambina
(Midfielder)
A. Avom
(Midfielder)
R. Fosso
(Midfielder)
Arnold Mael Kamdem
(Midfielder)
F. Monyebe
(Midfielder)
K. Nifanso
(Midfielder)
Etta Eyong
(Attacker)
Christian Kofane
(Attacker)
B. Mbeumo
(Attacker)
D. Namaso
(Attacker)
J. Tchatchoua
(Attacker)
Matah Yondjio
(Attacker)
ކެޕްޓަން: ވިންސެންޓް އަބޫބަކާ

އުމުރުން 30 އަހަރުގެ ވިންސެންޓް އަބޫބަކާއަކީ ކެމަރޫންގެ ކެޕްޓަނެވެ. ޔޫރަޕްގެ ގިނަ ކުލަބުތަކަކަށް ކުޅެ ތަޖުރިބާހުރި އަބޫބަކާ މިހާރު ކުޅެނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އެފްސީއަށެވެ. ދެހާސް ދިހަ ވަނަ އަހަރު ކެމެރޫން ޓީމަށް އަލަށް ކުޅެންފެށި އަބޫބަކާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 93 މެޗުގައި 37 ގޯލު ޖަހައިދީފައެވެ.

ކޯޗް: ރިގޮބަޓް ސޯންގް

ކެމަރޫން ގައުމީ ޓީމުގެ ކޯޗަކީ ރިގޮބަޓް ސޯންގްއެވެ. އޭނާއަކީ ކުޅުންތެރިއެއްގެ ގޮތުން ބޮޑެތި ކުލަބުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ލިވަޕޫލް ވެސްޓްހަމް އަދި ގަލަތަސާރާއި ފަދަ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. ސޯންގް ކެމެރޫން ގައުމީ ޓީމާ ހަވާލުވީ އެގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރުމަށްފަހުއެވެ. މިއަހަރުގެ ވޯލްޑްކަޕަކީ އޭނާ ކޯޗެއްގެ ހައިސިއްޔަތުން ކުރުމަތިލާ ފުރަތަމަ ވޯލްޑްކަޕެވެ.

މުހިންމު ކުޅުންތެރިން: އެންޑްރޫ އޮނާނާ

އުމުރުން 26 އަހަރުގެ އޮނާނާ އަކީ މިވަގުތު ކެމަރޫން ޓީމުގައި ހިމެނޭ އެންމެ އިތުބާރު އެއް ގޯލް ކީޕަރެވެ. އިޓަލީގެ އިންޓަ މިލާނަށް މިވަގުތު ކުޅެމުން އަންނަ އޮނާނާ ވަނީ މީގެ ކުރިން އަޔެކްސްއަށް ވެސް ކުޅެފައެވެ. އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2018 ވަނަ އަހަރު ހޯދި އޮނާނާ ވަނީ ނިމިގެން ދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، އެ މުބާރާތުގެ ތިންވަނަ ކެމަރޫންއަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ދެހާސް ސޯޅަ ވަނަ އަހަރު ކެމަރޫން ޓީމަށް ކުޅެން ފެށި އޮނާނާ ވަނީ މިހާތަނަށް އެ ޓީމަށް 32 މެޗު ކުޅެދީފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin