Powered By:
ޓީމުގެ ނަން:
ޑެންމާކް
އާބާދީ:
5.85 މިލިއަން
ފީފާ ރޭންކިން:
10
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ޑެންމާކަކީ ޔޫރަޕްގައި ބޮޑެތި ކުލަބުތަކާ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. އެގޮތުން އެ ޓީމު މި އަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދީ ވޯލްޑަޕް ކޮލިފިކޭޝަންގެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މި އަހަރުގެ ވޯލްޑްކަޕަކީ ޑެންމާކް ކުޅޭ ހަވަނަ ވޯލްޑްކަޕެވެ.

M. Hermansen
(Goalkeeper)
F. Rønnow
(Goalkeeper)
K. Schmeichel
(Goalkeeper)
J. Andersen
(Defender)
V. Kristiansen
(Defender)
E. Jelert
(Defender)
J. Mæhle
(Defender)
V. Nelsson
(Defender)
M. Roerslev
(Defender)
S. Kjær
(Defender)
J. Rasmussen
(Defender)
J. Vestergaard
(Defender)
M. Hjulmand
(Midfielder)
C. Eriksen
(Midfielder)
T. Delaney
(Midfielder)
P. Højbjerg
(Midfielder)
M. Jensen
(Midfielder)
M. Damsgaard
(Midfielder)
A. Dreyer
(Midfielder)
M. O'Riley
(Midfielder)
K. Dolberg
(Attacker)
M. Daramy
(Attacker)
Y. Poulsen
(Attacker)
G. Isaksen
(Attacker)
J. Wind
(Attacker)
R. Højlund
(Attacker)
ކެޕްޓަން: ސިމޯން ކިއޭ

މިއަހަރު ގަތަރުގައި ކުޅޭ ވޯލްޑްކަޕްގައި ޑެންމާކްގެ ކެޕްޓަނަކީ އޭސީ މިލާނަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ސިމޯން ކިއޭއެވެ. އޭނާއަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ވެސް ޓީމު ލީޑު ކުރުމުގައި ނަމޫނާ ކުޅުންތެރިއެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން ފާހަގަ ކުރެވޭ ސްޕެނިޝް ލަލީގާގެ ސެވިއްޔާއަށް އޭނާ ކުޅުނެވެ. ކިއޭގެ މޮޅު ކުޅުމުގެ ސަބަބުން އޭނާ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ ޑެންމާކު ގައުމީ ޓީމަށް 121 މެޗު ކުޅެ ފަސް ގޯލު ޖަހައިފައެވެ.

ކޯޗް: ކެޝްޕާ ހުލްމަންޑް

ޑެންމާކުގެ އެކި ކްލަބުތަކަށް 1978 ވަނަ އަހަރުން ފެށިގެން ކުޅުނު ހުލްމަންޑް ޑެންމާކުގެ ގައުމީ ޓީމާ ހަވާލުވީ 2020 ވަނަ އަހަރުގައެވެ. އޭގެ ކުރިން އޭނާ ވަނީ ޑެންމާކުގެ ކްލަބުތަކަކާއި ޖަރުމަންގެ އެފްއެސްވީ މައިންޒްއަށް އިރުޝާދު ދީފައެވެ. ނަމަވެސް އެ ކްލަބުތަކާއެކު އޭނާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ.

މުހިންމު ކުޅުންތެރިން: ކްރިސްޓިއަން އެރިކްސަން

އެރިކްސަންއަކީ ޑެންމާކު ގައުމީ ޓީމަށް ހާއްސަ ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ކުޅުނު ޔޫރޯގެ މެޗެއްގައި އެރިކްސަންގެ ހިތްހުއްޓިގެން ވަނީ ދަނޑުމަށްޗަށް ވެއްޓިފައެވެ. އޭގެ ފަހުން އޭނާއަށް ފުޓުބޯޅަ ނުކުޅެވޭނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް މިހާރު އޭނާ ވަނީ ވޯލްޑްކަޕް ސްކޮޑުގައި ހިމަނާފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު އެރިކްސަން ވަނީ ޓޮޓެންހަމްގެ އިތުރުން އިޓާލިއަން ސެރީއޭގެ އިންޓަ މިލާނަށް ވެސް ކުޅެފައެވެ. އެރިކްސަން ވަނީ ޑެންމާކް ގައުމީ ޓީމަށް 117 މެޗު ކުޅެ 39 ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin