Powered By:
ޓީމުގެ ނަން:
ދެކުނު ކޮރެއާ
އާބާދީ:
51.71 މިލިއަން
ފީފާ ރޭންކިން:
28
ފެޑްރޭޝަން
އޭއެފްސީ (އޭޝިއާ)

ީފާ ވޯލްޑްކަޕްގައި 11 ވަނަ ފަހަރަށް ވާދަކުރުމަށް ތައްޔާރުވަމުންދާ ދެކުނު ކޮރެއާ ވަނީ މި މުބާރާތުގައި ޖެހިޖެހިގެން 10 ފަހަރު ވާދަކޮށްފައެވެ. އޭއެފްސީއަށް ނިސްބަތްވާ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ވެސް ދެކުނު ކޮރެއާ ހިމެނެއެވެ. އެ ގައުމަކީ ޓީމެއްގެ ގޮތުގައި ބޮޑެތި ކުލަބުތައް ބަލިކޮށްފައިވާ ޓީމެކެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި 2014 ވަނަ އަހަރުގެ ޗެމްޕިއަން ކަމަށްވާ ޖާމަނީ ގްރޫޕް ސްޓޭޖުން ކަޓުވާލީ ވެސް ދެކުނު ކޮރެއާއިންނެވެ.

Jo Hyeon-Woo
(Goalkeeper)
Kim Seung-Gyu
(Goalkeeper)
Song Bum-Keun
(Goalkeeper)
Cho Yu-Min
(Defender)
Kim Ji-Soo
(Defender)
Kim Ju-Sung
(Defender)
Kim Min-Jae
(Defender)
Kim Moon-Hwan
(Defender)
Kim Tae-Hyeon
(Defender)
Lee Han-Beom
(Defender)
Lee Myung-Jae
(Defender)
Lee Tae-Seok
(Defender)
Seol Young-Woo
(Defender)
Bae Jun-Ho
(Midfielder)
J. Castrop
(Midfielder)
Eom Ji-Sung
(Midfielder)
Hwang In-Beom
(Midfielder)
Kim Jin-Gyu
(Midfielder)
Kwon Hyeok-Kyu
(Midfielder)
Lee Dong-Gyeong
(Midfielder)
Lee Jae-Sung
(Midfielder)
Lee Kang-In
(Midfielder)
Paik Seung-Ho
(Midfielder)
Park Jin-Seop
(Midfielder)
Seo Min-Woo
(Midfielder)
Won Du-Jae
(Midfielder)
Cho Gue-Sung
(Attacker)
Hwang Hee-Chan
(Attacker)
Jeong Sang-Bin
(Attacker)
Oh Hyeon-Gyu
(Attacker)
Son Heung-Min
(Attacker)
Yang Min-Hyeok
(Attacker)
ކެޕްޓަން: ކެޕްޓަން: ސޮން ހިއުން-މިން

މިއަހަރު ވޯލްޑްކަޕްގައި ދެކުނު ކޮރެއާގެ ޓީމު ލީޑު ކުރާނީ ސޮންއެވެ. އުމުރުން 30 އަހަރުގެ ސޮން އަކީ ކުލަބު ފުޓުބޯޅައިގައި ވެސް ތަފާތު ދައްކާ ކުޅުންތެރިއެކެވެ. އޭޝީއާގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ސިފަކުރާ ސޮން އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ކުޅޭ އިތުބާރު ފޯވާޑެކެވެ. އޭނާ އަކީ ހަލުވި އަދި ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ސޮން ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. ސޮން ވަނީ ގައުމީ ޓީމަށް 104 މެޗު ކުޅެ 35 ގޯލު ޖަހައިފައެވެ.

ކޯޗް: ޕައުލް ބެންޓޯ

މިއަހަރު ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ކޯޗަކީ އުމުރުން 53 އަހަރުގެ ބެންޓޯއެވެ. އޭނާއަކީ ވޯލްޑްކަޕްގެ ތަޖުރިބާ ހުރި މޮޅު ކޯޗެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޕޯޗުގަލްއަށް އިރުޝާދު ދީފައެވެ. ފުޓުބޯޅަ ކެރިއަރުގައި މިޑްފީލްޑަރަކަށް ކުޅުނު ބެންޓޯ ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ކެރިއަރު ފެށީ ސްޕޯޓިން ލިޒްބަންގެ ކޯޗުގެ ގޮތުގައެވެ.

މުހިންމު ކުޅުންތެރިން: ލީ ޖައެ ސުން

ދެކުނު ކޮރެއާގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ އެ ޓީމުގެ އަރިމަތިން ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރާ ލީ ޖައެއް ސުންއެވެ. އޭނާއަކީ ޖަރުމަނު ބޮންޑަސްލީގާގެ މައިންޒް 05 އަށް ކުޅޭ ކުޅުންތެރިއެކެވެ. އުމުރުން 30 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ސުން ދެކުނު ކޮރެއާގެ ގައުމީ ޓީމުގައި ހިމެނުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އަންނަނީ ގައުމީ ޓީމުގައި ގަވައިދުން ހިމެނިގެން މުހިންމު ދައުރެއް އަދާކުރަމުންނެވެ. ދެހާސް އަށާރަ ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑްކަޕްގައި ވެސް ސުން ކުޅުނެވެ. މިހާތަނަށް ސުން ވަނީ ގައުމީ ޓީމަށް 64 މެޗު ކުޅެ ނުވަ ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin