Powered By:
ޓީމުގެ ނަން:
ޓިއުނީޝިޔާ
އާބާދީ:
95.9 މިލިއަން
ފީފާ ރޭންކިން:
30
ފެޑްރޭޝަން
ކޭފް (އެފްރިކާ)

ޓިއުނީޝިޔާއަކީ ކުރިއަރަން މަސައްކަތް ކުރާ، ހުނަރުވެރި ކުޅުންތެރިތަކެއް އެކުލެވޭ ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. އެ ޓީމުން މިހާތަނަށް ފަސް ވޯލްޑްކަޕެއްގައި ވާދަކޮށްފައިވީ ނަމަވެސް އެއްވެސް ފަހަރެއްގައި މުބާރާތުގައި މާ ދުރަކަށް ދެވިފައިނުވެއެވެ.

S. Ben Hsan
(Goalkeeper)
B. Ben Saïd
(Goalkeeper)
A. Dahmen
(Goalkeeper)
N. Farhati
(Goalkeeper)
A. Abdi
(Defender)
A. Arous
(Defender)
M. Ben Ali
(Defender)
D. Bronn
(Defender)
N. Ghandri
(Defender)
A. Maâloul
(Defender)
Y. Meriah
(Defender)
M. Talbi
(Defender)
Y. Valery
(Defender)
H. Mahmoud
(Midfielder)
M. Ben Ouanes
(Midfielder)
M. Ben Romdhane
(Midfielder)
Ismaël Gharbi
(Midfielder)
H. Mejbri
(Midfielder)
E. Saad
(Midfielder)
F. Sassi
(Midfielder)
E. Skhiri
(Midfielder)
Houssem Teka
(Midfielder)
E. Achouri
(Attacker)
F. Chaouat
(Attacker)
S. Jaziri
(Attacker)
H. Mastouri
(Attacker)
N. Sliti
(Attacker)
S. Tounekti
(Attacker)
ކެޕްޓަން: ޔޫސުފް ސަކްނީ

ޓިއުނީޝިޔާގެ ކެޕްޓަންއަކީ ގަތަރު ސްޓާސް ލީގުގެ އަލް ދުހައިލް ކްލަބްގެ އަވަސް ފޯވާޑު ޔޫސުފް ސަކްނީއެވެ. ނަމަވެސް ލޯނު އުސޫލުން އޭނާ މި ސީޒަނުގައި ކުޅެމުންދަނީ އަލް އަރަބްއަށެވެ. އުމުރުން 31 އަހަރުގެ ސަކްނީ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ ޓިއުނީޝިޔާއަށް ޖުމުލަ 80 މެޗު ކުޅެދީ 17 ގޯލު ޖަހާފައެވެ.

ކޯޗް: ޖަލީލް ކަދްރީ

ޓިއުނީޝިޔާ ޓީމުގެ ކޯޗަކީ އުމުރުން 50 އަހަރުގެ ޖަލީލް ކަދްރީއެވެ. ކަދްރީ ޓިއުނީޝިޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްއިން އެ ޓީމު ކެޓުމުން އޭރުގެ ކޯޗު އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އޭނާ ވަނީ ޓިއުނީޝިޔާގެ ޒުވާން ގައުމީ ޓީމުތަކާއި އެ ގައުމުގެ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މިއަހަރުގެ މުބާރާތަކީ ގައުމީ ޓީމަކާއެކު އޭނާ ނިކުންނަ ފުރަތަމަ ބޮޑު މުބާރާތެވެ.

މުހިންމު ކުޅުންތެރިން: ފެރްހާނީ ސަސީ

ޓިއުނީޝިޔާ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ގަތަރުގެ އަލް ދުހައިލްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ފެރްހާނީ ސަސީއެވެ. ސަސީއަށް ގައުމީ ޓީމުން ފުރަތަމަ ޖާގަ ލިބިފައިވަނީ 2013 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސަސީ ވަނީ ކުޅެފައެވެ. އެ މުބާރާތުގައި ވެސް ޓުއިނީޝިޔާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin