Powered By:
ޓީމުގެ ނަން:
ޖާމަނީ
އާބާދީ:
83.13 މިލިއަން
ފީފާ ރޭންކިން:
11
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ޖާމަނީ ފާހަގަކުރެވެއެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ގައުމީ ޓީމަކީ މިއަހަރުގެ މުބާރާތަށް އެންމެ ފުރަތަމަ ކޮލިފައިވި ޓީމެވެ. ކޮލިފިކޭޝަންގައި ޖަރުމަނު ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

M. Neuer
(Goalkeeper)
M. ter Stegen
(Goalkeeper)
K. Trapp
(Goalkeeper)
A. Bella-Kotchap
(Defender)
M. Ginter
(Defender)
C. Günter
(Defender)
T. Kehrer
(Defender)
L. Klostermann
(Defender)
D. Raum
(Defender)
A. Rüdiger
(Defender)
N. Schlotterbeck
(Defender)
N. Süle
(Defender)
J. Brandt
(Midfielder)
L. Goretzka
(Midfielder)
M. Götze
(Midfielder)
İ. Gündoğan
(Midfielder)
K. Havertz
(Midfielder)
J. Hofmann
(Midfielder)
J. Kimmich
(Midfielder)
K. Adeyemi
(Attacker)
N. Füllkrug
(Attacker)
S. Gnabry
(Attacker)
Y. Moukoko
(Attacker)
T. Müller
(Attacker)
J. Musiala
(Attacker)
L. Sané
(Attacker)
ކެޕްޓަން: މެނުއަލް ނޯޔާ

ޖަރުމަނުގެ ކެޕްޓަނަކީ 2014 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގައިވެސް ހިމެނުނު ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އެވެ. ޖަރުމަނުގެ ބުންޑަސްލީގާގައި ތަކުރާރުކޮށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޯޔާއަކީ ދުނިޔޭގެ އެންމެމޮޅެތި ކީޕަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބޭ ކުޅުންތެރިއެކެވެ. އުމުރުން 36 އަހަރުގެ ނޯޔާ ވަނީ ޖަރުމަނު ގައުމީ ޓީމަށް 113 މެޗު ކުޅެދީފައެވެ.

ކޯޗް: ހެންސީ ފްލިކް

ޖަރުމަނު ޓީމުގެ މިފަހަރުގެ ކޯޗަކީ އޮގަސްޓު 2006 އިން ޖުލައި 2014 ގެ ނިޔަލަށް އެޓީމުގެ ކުރީގެ ކޯޗް ޔޯކިމް ލޯގެ އެސިސްޓެންޓު ކޯޗްކަން ކުރި ހެންސީ ފްލިކެވެ. ޖަރުމަނުގެ ކްލަބް ބަޔާން މިޔުނިކްގެ ކާމިޔާބު ކޯޗް ޖަރުމަނުގެ ގައުމީ ޓީމާއި ހަވާލުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ބަޔާން ދޫކޮށްލީ ބަޔާންގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ބިޑު ކާމިޔާބީ ހޯދައިދިނުމަށް ފަހުގައެވެ. އެ ޓީމު 2020 ވަނަ އަހަރު ކުޅުނު ހުރިހާ މުބާރާތެއް އޭނާ އެ ޓީމަށް ކާމިޔާބުކޮށްދިނެވެ.

މުހިންމު ކުޅުންތެރިން: އެންޓޯނިއޯ ރުޑިގާ

ޖަރުމަނު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުން ތެރިޔަކީ ސްޕެނިޝްގެ ރިއަލް މެޑްރިޑަށްވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެންޓަރ ބެކް، އެންޓޯނިއޯ ރުޑިގާއެވެ. ރުޑިގާ ފާހަގަ ވެފައިވަނީ ވަރުގަދަ، ގޮތް ދޫ ނުކުރާ އަދި އިސްނަގާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޑިފެންސިވްގެ އިތުރުން އެޓޭކިންގައިވެސް ރުޑިގާ އަކީ މޮޅު ކުޅުންތެރިޔެކެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ރުޑިގާގެ ދެވަނަ ވޯލްޑް ކަޕެވެ. މި މުބާރާތުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ބެލެވެއެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin