Powered By:
ޓީމުގެ ނަން:
ސައުދީ އަރަބިއްޔާ
އާބާދީ:
ސައުދީ އަރަބިއްޔާ
ފީފާ ރޭންކިން:
51
ފެޑްރޭޝަން
އޭއެފްސީ (އޭޝިއާ)

ސައުދީ އަރަބިއްޔާ ވަނީ މީގެ ކުރިން ފަސް ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ. އެ ޓީމު ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރުއެވެ. މިއަހަރު އެ ޓީމު ވޯލްޑްކަޕަށް ކޮލިފައިވީ އޭޝިއަން ކޮލިފައިންގެ ތިން ވަނަ ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

Nawaf Al Aqidi
(Goalkeeper)
Ahmed Al Kassar
(Goalkeeper)
Raghed Najjar
(Goalkeeper)
Mohammed Al Owais
(Goalkeeper)
M. Al Rubaie
(Goalkeeper)
Abdulrahman Al Sanbi
(Goalkeeper)
Saud Abdulhamid
(Defender)
Nawaf Boushal
(Defender)
Waleed Al Ahmad
(Defender)
Abdulelah Al Amri
(Defender)
Khalifah Al Dawsari
(Defender)
Muteb Al Mufarrij
(Defender)
Mohammed Essa Harbush
(Defender)
R. Hamidou
(Defender)
Hassan Kadesh
(Defender)
Ali Lajami
(Defender)
Ali Majrashi
(Defender)
Mohammed Bakor
(Defender)
Hassan Tambakti
(Defender)
J. Thakri
(Defender)
Mohammed Abu Al Shamat
(Midfielder)
Waheb Saleh
(Midfielder)
Turki Al Ammar
(Midfielder)
Nasser Al Dawsari
(Midfielder)
Salem Al Dawsari
(Midfielder)
Salman Al Faraj
(Midfielder)
Murad Al Hawsawi
(Midfielder)
Ziyad Al Johani
(Midfielder)
Musab Al Juwayr
(Midfielder)
Abdullah Al Khaibari
(Midfielder)
Mohammed Al-Majhad
(Midfielder)
Mohamed Kanno
(Midfielder)
Mohammed Mater Mohsin Mahzari
(Midfielder)
N. Masoud
(Midfielder)
A. S. Al Aliwa
(Attacker)
Feras Al Brikan
(Attacker)
Khalid Al Ghannam
(Attacker)
Abdullah Al Hamdan
(Attacker)
Abdulrahman Al Obud
(Attacker)
Marwan Al Sahafi
(Attacker)
Saleh Al Shehri
(Attacker)
Sultan Mandash
(Attacker)
Ayman Yahya
(Attacker)
ކެޕްޓަން: ސަލްމާން މުހައްމަދު އަލް ފަރާޖް

މިއަހަރުގެ ވޯލްޑްކަޕްގައި ސައުދީ އަރަބިއްޔާ ޓީމުގެ ކެޕްޓަން ބޭންޑު އަޅާނީ ސަލްމާން އަލް ފަރާޖްއެވެ. އޭނާއަކީ ސައުދީގެ ކުލަބެއްކަމަށްވާ އަލް ހިލާލްގެ މެދެތެރެއަށް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. އުމުރުން 33 އަހަރުގެ ސަލްމާން އަކީ ދަނޑުމަތީގައި ބުރަ މަސައްކަތްކުރާ އަދި ކުޅުންތެރިން ލައްވާ ކުޅުވަން މަސައްކަތްކުރާ ކުޅުންތެރިއެކެވެ. ސަލްމާން ވަނީ ސައުދީ ގައުމީ ޓީމަށް 69 މެޗު ކުޅެ އަށް ގޯލު ޖަހައިފައެވެ.

ކޯޗް: ހަވޭ ރެނާޑް

ސައުދީ އަރަބިއްޔާގެ ކޯޗަކީ ފްރާންސްއަށް އުފަން ހާވޭ ރެނާޑްއެވެ. އޭނާ އަކީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. މީގެ ކުރިން އޭނާ ވަނީ ޒެމްބިއާގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ 2012 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށްފައެވެ. އަދި 2015 ވަނަ އަހަރު އައިވަރީ ކޯސްޓާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ދެ ޓީމަކާއެކު އެފްރިކާ ކަޕް އޮފް ނޭޝަން ކާމިޔާބުކުރި ފުރަތަމަ ކޯޗެއްގެ ގޮތުގައި ރެނާޑު ފާހަގަކުރެވެއެވެ.

މުހިންމު ކުޅުންތެރިން: ޔާސިރް އަލް ޝަހްރާނީ

ތަޖުރިބާކާރު ޑިފެންޑަރު ޔާސިރު އަލް ޝަހްރާނީއަކީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ސައުދީގެ އަލް ހިލާލްއަށް ކުޅެމުން އަންނަ ޝަހްރާނީ ފުޓްބޯޅަ ކެރިއަރު ފެށީ 2010 ވަނަ އަހަރު ސައުދީގެ އަލް ޤަދިސިޔަ އިންނެވެ. އޭގެ ފަހުން އޭނާ އަލް ހިލާލީއަށް ބަދަލުވީ 2012 ވަނަ އަހަރުގައެވެ. ދެހާސް އެގާރަ ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ޝަހްރާނީ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް ސައުދީގެ ސީނިއާ ޓީމުން ފުރުސަތު ލިބެން ފެށިއެވެ. އެގޮތުން އޭނާ ސައުދީގެ ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ. ޝަރްހާނީ ވަނީ ސައުދީ ޓީމަށް މިހާތަނަށް 70 މެޗު ކުޅެ، ދެ ލަނޑު ޖަހާފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin