Powered By:
ޓީމުގެ ނަން:
މެކްސިކޯ
އާބާދީ:
13.3 މިލިއަން
ފީފާ ރޭންކިން:
13
ފެޑްރޭޝަން
ކޮންކާކަފް

މެކްސިކޯ ފާހަގަކުރެވެނީ ވޯލްޑްކަޕްގައި ކުރިއަރަން މަސައްކަތްކުރާ ހިތްވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއްގެ ގޮތުގައެވެ. މެކްސިކޯއަކީ އެ ގައުމު ނިސްބަތްވާ ކޮންކާފް ޒޯނުގެ ގަދަ ބާރެކެވެ. އެ ގައުމުން ވަނީ އަށް ފަހަރެއްގެ މަތިން ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ވޯލްޑްކަޕްގެ 16 މުބާރާތެއްގައި އެ ޓީމުން ވަނީ ވާދަކޮށްފައެވެ.

R. Cota
(Goalkeeper)
G. Ochoa
(Goalkeeper)
A. Talavera
(Goalkeeper)
K. Álvarez
(Defender)
N. Araújo
(Defender)
G. Arteaga
(Defender)
C. Montes
(Defender)
H. Moreno
(Defender)
J. Sánchez
(Defender)
J. Vásquez
(Defender)
E. Álvarez
(Midfielder)
L. Chávez
(Midfielder)
J. Gallardo
(Midfielder)
A. Guardado
(Midfielder)
É. Gutiérrez
(Midfielder)
H. Herrera
(Midfielder)
Orbelín Pineda Alvarado
(Midfielder)
C. Rodríguez
(Midfielder)
L. Romo
(Midfielder)
R. Alvarado
(Attacker)
U. Antuna
(Attacker)
R. Funes Mori
(Attacker)
R. Jiménez
(Attacker)
H. Lozano
(Attacker)
H. Martín
(Attacker)
A. Vega
(Attacker)
ކެޕްޓަން: އެންޑްރެސް ގުއާޑަޑޯ

މެކްސިކޯގެ ކެޕްޓަން އެންޑްރެސް ގުއާޑަޑޯ އަކީ ލަލީގާ ކްލަބް، ރެއާލް ބެޓިސްގެ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅޭ މޮޅު ކުޅުންތެރިއެކެވެ. ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ގާޑާޑޯ ވަނީ ހަތަރު ވޯލްޑް ކަޕާއި ހަތަރު ގޯލްޑު ކަޕްގައި އެ ގައުމު ތަމްސީލުކޮށްފައެވެ. އޭނާ ވަނީ 2011، 2015 އަދި 2019 ވަނަ އަހަރުގެ ގޯލްޑް ކަޕްގެ ރަން ތަށި ވެސް އުފުލާލައިފައެވެ. ގުއަޑާޑޯ ވަނީ މެކްސިކޯ ގައުމީ ޓީމަށް 177 މެޗު ކުޅެދީ 28 ގޯލު ޖަހައިފައެވެ.

ކޯޗް: ޖެރާޑޯ މާޓިނޯ

މެކްސިކޯގެ ކޯޗަކީ އާޖެންޓީނާގެ ކުރީގެ ފުޓުބޯޅަ ތަރިއެއް ކަމަށްވާ ޖެރާޑޯ މާޓިނޯއެވެ. އޭނާގެ ކެރިއަރުގައި ގިނަ މެޗުތަކެއް ވަނީ ނިއުވެލްސް އޯލްޑް ބޯއީސްއަށް ކުޅެފައެވެ. މީގެއިތުރުން އޭނާއަކީ ތަޖުރިބާކާރު ކޯޗެއްވެސްމެއެވެ. ޖެރާޑޯ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށާއި، ބާސެލޯނާއަށް ކޯޗުކަން ކޮށްދީފައެވެ. އޭނާ މެކްސިކޯގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ.

މުހިންމު ކުޅުންތެރިން: ރައުލް ހިމެނޭޒް

މެކްސިކޯގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ޕްރިމިއާ ލީގުގެ ކްލަބު ވޯލްވްސްއަށް ކުޅޭ ރައުލް ހިމެނޭޒްއެވެ. އޭނާއަކީ ޖެހިލުން ކުޑަ، ގޯލާ ރައްޓެހި ފޯވާޑެކެވެ. ހިމެނޭޒް ފުޓުބޯޅަ ކެރިއަރު ފެށީ މެކްސިކޯގެ ލީގާ އެމްއެކްސްގެ ކުލަބެއްކަމަށްވާ އެމެރިކާއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކެޅެފައެވެ. އަދި އެތުލެޓިކޯ ދޫކޮށް ބެންފިކާއަށް ކުޅުމަށްފަހު އޭނާ އަންނަނީ ވޯލްވްސްއަށް ބަދަލުވެ ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހިމެނޭޒް ވަނީ މެކްސިކޯގެ ގައުމީ ޓީމަށް 94 މެޗު ކުޅެ 29 ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin