Powered By:
ޓީމުގެ ނަން:
އާޖެންޓީނާ
އާބާދީ:
45.51 މިލިއަން
ފީފާ ރޭންކިން:
3
ފެޑްރޭޝަން
ކޮންބެލް (ދެކުނު އެމެރިކާ)

މިއަހަރުގެ ވޯލްޑްކަޕަށް އާޖެންޓީނާއިން ނިކުންނަނީ ފޮނި އުންމީދުތަކަކާއެކުއެވެ. އެ ގައުމަކީ މި އަހަރުގެ ވޯލްޑްކަޕްގެ ފޭވަރިޓުންކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. އެ ގައުމުން މި އަހަރުގެ މުބާރާތާ ކުރިމަތިލަނީ ސީދާ ތަށި ހޯދުމުގެ އަޒުމުގައެވެ. އެ ގައުމަކީ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. ވޯލްޑްކަޕްގެ އިތުރުން އާޖެންޓީނާއަކީ ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު މުބާރަތްކަމަށްވާ ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެ ޓީމުން ގަތަރަށް ދަތުރު ކުރަނީ އެންމެ ފަހުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރުމަށް ފަހުގައެވެ.

F. Armani
(Goalkeeper)
W. Benítez
(Goalkeeper)
E. Martínez
(Goalkeeper)
V. Barco
(Defender)
N. Molina
(Defender)
N. Otamendi
(Defender)
N. Pérez
(Defender)
G. Pezzella
(Defender)
C. Romero
(Defender)
N. Tagliafico
(Defender)
N. Valentini
(Defender)
F. Buonanotte
(Midfielder)
V. Carboni
(Midfielder)
R. De Paul
(Midfielder)
Á. Di María
(Midfielder)
E. Fernández
(Midfielder)
G. Lo Celso
(Midfielder)
A. Mac Allister
(Midfielder)
L. Paredes
(Midfielder)
G. Rodríguez
(Midfielder)
J. Álvarez
(Attacker)
A. Garnacho
(Attacker)
N. González
(Attacker)
Lautaro Martínez
(Attacker)
ކެޕްޓަން: ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަނަކީ ޕީއެސްޖީގެ ތަރި ލިއޮނަލް މެސީއެވެ. މި އަހަރުގެ ވޯލްޑްކަޕަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އެންމެ ފަހު ވޯލްޑްކަޕަށް ވެދާނެކަމަށް އޭނާ ބުނެއެވެ. މެސީގެ ފުޓުބޯޅަ ކެރިއަރުގައި އޭނާއަށް މަދުވަނީ ވޯލްޑްކަޕް ތަށްޓެކެވެ. ފުޓުބޯޅައިގައި ކުޅުންތެރިއަކަށް ހޯދޭނެ ހުރިހާ ތަށްޓެއް އޭނާ ވަނީ ހޯދައިފައެވެ. އެހެންކަމުން މިއަހަރުގެ މުބާރާތަށް އޭނާ ނިކުންނަނީ ތަށި ހޯދުމަށެވެ. މެސީ ވަނީ ހަތް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް 164 މެޗު ކުޅެ 90 ގޯލު ޖަހައިފައެވެ.

ކޯޗް: ލިއޮނަލް ސްކަލޯނީ

ހުނަރުވެރި މޮޅު ކުޅުންތެރިންގެ ސްކޮޑެއް އޮންނަ އާޖެންޓީނާގެ ކޯޗަކީ ލިއޮނަލް ސްކަލޯނީއެވެ. އޭނާ އާޖެންޓީނާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާ އެ ޓީމާ ހަވާލުވިއިރު އެ ޓީމުގެ ހާލަތު އޮތީ ވަރަށް ދަށުގައެވެ. އާދައިގެ ޓީމުތައް ކައިރިން ވެސް އާޖެންޓީނާ ފަސޭހަކަމާއެކު އޮންނަނީ ބަލިވެފައެވެ. ނަމަވެސް ސްކަލޯނީ އެ ޓީމާ ހަވާލުވެ މިއަދާ ހަމައަށް ކުރި މަސައްކަތުން މިއަދު އާޖެންޓީނާއަކީ އަނެއްކާވެސް ދުނިޔޭގެ ފުޓުބޯޅައިގައި ފިޔަޖަހަމުން އަންނަ ޓީމެކެވެ. ސްކަލޯނީ ވަނީ މިދިޔަ އަހަރު އާޖެންޓީނާއާއެކު ކޮޕަ އެމެރިކާ އަދި މި އަހަރު ފައިނަލިސިމާގެ ޝަރަފުވެރި ތަށި އުފުލާލައިފައެވެ. އޭނާ އަކީ ވޯލްޑްކަޕަށް މިއަހަރު ނިކުންނަ 32 ގައުމުގެ ކޯޗުންގެ ތެރެއިން އެންމެ ހަގު ކޯޗެވެ.

މުހިންމު ކުޅުންތެރިން: އެމިލިއާނޯ މާޓިނޭޒް

އާޖެންޓީނާއަކީ މޮޅެތި ފޯވާޑުން ތިބި ގައުމެކެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕުން ވެސް ފެނުނީ އެ ޓީމުގައި ރަނގަޅު ކީޕަރެއް ނެތް ކަމެވެ. ބައިކޮޅަށް ވަންނަ ގޯލުތަކުގެ ސަބަބުން އެ ޓީމަށް ޖެހުނީ ކުއާޓާ ފައިނަލުން މުބާރާތް ނިންމާލާށެވެ. ނަމަވެސް އެ ވޯލްޑްކަޕަށް ފަހު، އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެ ޓީމުގައި ހިމެނުމުން އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަށާވީސް އަހަރަށްފަހު އާޖެންޓީނާ ކޮޕަ އެމެރިކާ މިދިޔަ އަހަރު ކާމިޔާބުކުރިއިރު އޭނާ ވަނީ ތިން ޕެނަލްޓީއާކާއި މުހިންމު ސޭވްތަކެއް އެ މުބާރާތުގައި ކޮށްފައެވެ. މާޓިނޭޒް ވަނީ ގައުމީ ޓީމަށް މިހާތަނަށް 18 މެޗު ކުޅެފައެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑްކަޕެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin