Powered By:
ޓީމުގެ ނަން:
ކޮސްޓަ ރިކާ
އާބާދީ:
5.2 މިލިއަން
ފީފާ ރޭންކިން:
31
ފެޑްރޭޝަން
ކޮންކާކަފް

ކޮސްޓަ ރިކާއަކީ އުތުރު އެމެރިކާގެ ތިންވަނައަށް އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އެ ޓީމަކީ ވޯލްޑްކަޕްގައި އެހާ ކާމިޔާބު ޓީމެއް ނޫނެވެ. އެ ޓީމު ފާހަގަ ވަނީ ބޮޑަށް ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. އަދި ޓީމުގެ އެންމެ ވަރުގަދަ ޑިޕާޓުމެންޓެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވެނީ ޑިފެންސްލައިނެވެ.

E. Alvarado
(Goalkeeper)
K. Navas
(Goalkeeper)
P. Sequeira
(Goalkeeper)
F. Calvo
(Defender)
Ó. Duarte
(Defender)
K. Fuller
(Defender)
D. López
(Defender)
C. Martínez
(Defender)
Ronald Alberto Matarrita Ulate
(Defender)
B. Oviedo
(Defender)
J. Vargas
(Defender)
K. Waston
(Defender)
B. Aguilera
(Midfielder)
C. Borges
(Midfielder)
D. Chacón
(Midfielder)
Y. Salas
(Midfielder)
Y. Tejeda
(Midfielder)
G. Torres
(Midfielder)
J. Venegas
(Midfielder)
Á. Zamora
(Midfielder)
J. Bennette
(Attacker)
J. Campbell
(Attacker)
A. Contreras
(Attacker)
A. Hernández
(Attacker)
Bryan Jafet Ruiz González
(Attacker)
R. Wilson
(Attacker)
ކެޕްޓަން: ބްރަޔަން ރުއިޒް

ކޮސްޓަ ރިކާ ލީގުގެ އަލަޖުއެލެންސްއަށް ކުޅޭ ބްރަޔަން ރުއިޒް އަކީ ކޮންކާކަފް ސަރަހައްދުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. އޭނާ ވަނީ ކޮސްޓަ ރިކާ ގައުމީ ޓީމަށް މިހާތަނަށް 143 މެޗު ކުޅެ 29 ގޯލު ޖަހައިފައެވެ. މިއީ، އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅޭ އުމުރުން 37 އަހަރުގެ ބްރަޔަންގެ އެންމެ ފަހު ވޯލްޑްކަޕެވެ.

ކޯޗް: ލުއިސް ފެނާންޑޯ

މިއަހަރު ވޯލްޑްކަޕްގައި ކޮސްޓަ ރީކާ ޓީމަށް އިރުޝާދު ދޭނީ ކޮލަމްބިއާގެ ލުއިސް ފެނާންޑޯއެވެ. އޭނާ އަކީ ވޯލްޑްކަޕްގެ ތަޖުރިބާހުރި މޮޅު ކޯޗެކެވެ. އޭނާ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެކުއެޑޯގެ ކޯޗެއްގެ ގޮތުން މަސައްކަތްކޮށް އެ ޓީމު މުޅިން އަލަށް ގަދަ 16އަށް ގެންގޮސްދީފައެވެ. މީގެ އިތުރުން ލުއިސް ވަނީ ހޮންޑިއުރަސްގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

މުހިންމު ކުޅުންތެރިން: ކޭލާ ނަވާސް

ކޮސްޓަ ރިކާ ޓީމުގެ އެންމެ މުހިއްމު އަދި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކަށްވަނީ ކޭލާ ނަވާސްއެވެ. އޭނާއަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ގޯލްކީޕަރެކެވެ. މީގެއިތުރުން އޭނާއަކީ ރެއާލް މެޑްރިޑްއަށް ވެސް ކުޅުނު ކީޕަރެކެވެ. އެގޮތުން އެ ޓީމުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު ގޯލު ބަލަހައްޓާފައިވަނީ ނަވާސްއެވެ. އޭނާ ވަނީ ކޮސްޓަ ރިކާ ގައުމީ ޓީމަށް 107 މެޗު ކުޅެދީފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin