Powered By:
ޓީމުގެ ނަން:
ސްވިޒަލެންޑް
އާބާދީ:
38.35 މލިއަން
ފީފާ ރޭންކިން:
41
ފެޑްރޭޝަން
ޔުއެފާ (ޔޫރަޕް)

ސްވިޒަލެންޑަކީ ތިން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމެކެވެ. ސްވިޒަލެންޑްގެ ޓީމް މަޝްހޫރުވެފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމީހުން ހެދި ބައިނަލްއަގުވާމީ ރިކޯޑުގެ ސަބަބުންނެވެ. އެގޮތުން ސްވިޒަލެންޑަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ބައިކޮޅަށް ގޯލެއް ނުވަދެ މުބާރާތުން ކެޓި ހަމައެކަނި ޓީމެވެ. އެ ޓީމު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކަޓާފައިވަނީ ދެވަނަ ބުރުގައި ޔޫކްރެއިން އަތުން ޕެނަލްޓީގައި ބަލިވެގެންނެވެ. މި އަހަރު ވެސް ސްވިޒަލޭންޑުގެ ޓީމުގައި ތަޖުރިބާކާރު މޮޅެތި ކުޅުންތެރިތަކެއް ހިމެނެއެވެ.

G. Kobel
(Goalkeeper)
Y. Mvogo
(Goalkeeper)
D. von Ballmoos
(Goalkeeper)
A. Amenda
(Defender)
E. Cömert
(Defender)
E. Fernandes
(Defender)
U. Garcia
(Defender)
A. Hajdari
(Defender)
K. Mbabu
(Defender)
M. Muheim
(Defender)
R. Rodríguez
(Defender)
R. Freuler
(Midfielder)
A. Jashari
(Midfielder)
D. Kutesa
(Midfielder)
F. Rieder
(Midfielder)
V. Sierro
(Midfielder)
S. Sohm
(Midfielder)
F. Ugrinic
(Midfielder)
G. Xhaka
(Midfielder)
Joël Monteiro
(Attacker)
Z. Amdouni
(Attacker)
B. Embolo
(Attacker)
N. Okafor
(Attacker)
A. Zeqiri
(Attacker)
ކެޕްޓަން: ގްރަނިޓް ޒަކާ

ގްރަނިޓް ޒަކާއަކީ އިނގިރޭސި ކްލަބް ފުޓްބޯޅައިގެ އެއް ބާރު ކަމުގައިވާ އާސެނަލްގެ މެދަށް ކުޅޭ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެކެވެ. އާސެނަލްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ ޒަކާ ވަނީ ސްވިޒަލެންޑަށް ކުޅެދިން 106 މެޗުގައި 12 ލަނޑު ޖަހައިފައެވެ. ދެހާސް ނުވަ ވަނަ އަހަރު ސްވިޒަލޭންޑުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެޓީމުގައިވެސް ޒަކާ އިސް ރޯލެއް އަދާކުރިއެވެ. އަލްބޭނިއާއަށް އުފަން މި ކުޅުންތެރިޔާގެ ހުނަރު މިއަހަރު ވެސް ސްވިސް ޓީމުން ފެންނާނެއެވެ.

ކޯޗް: މުރާޓް ޔަކިން

މުރާޓް ޔަކިން ސްވިޒަލެންޑްގެ ޓީމުގެ ކޯޗްކަމާ ހަވާލުވީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ޔަކިންގެ އިރުޝާދުގެ ދަށުން ސްވިސް ޓީމުން ރަނގަޅު މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.

މުހިންމު ކުޅުންތެރިން: ހާޑަން ޝަކީރީ

ހާޑަން ޝަކީރީ އަކީ ސްވިސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ހަލުވި އަދި އެޓޭކިންގައި މޮޅު މި ކުޅުންތެރިޔާ ވަނީ ސްވިޒަލެންޑަށް ކުޅުނު 108 މެޗުގައި 26 ގޯލް ޖަހާފައެވެ. ދެހާސް ދިހަ ވަނަ އަހަރު ގައުމީ ޓީމާ ގުޅުނު ޝަކީރީ އަކީ ސްވިސް ޓީމުގެ އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަދި އެގައުމުގެ ހަތް ވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ޝަކީރީ ވަނީ 2010، 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަދި 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ސްވިސް ޓީމް ތަމްސީލުކޮށްފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin