Powered By:
ޓީމުގެ ނަން:
އިންގްލެންޑް
އާބާދީ:
55.9 މިލިއަން
ފީފާ ރޭންކިން:
5
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ވޯލްޑްކަޕްގެ ތާރީޚަށް ބަލާއިރު އިންގްލެންޑަކީ އެހާ ނަސީބުގަދަ ޓީމެކޭ ބުނެވޭކަށް ނެތެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ނަން މަޝްހޫރު ކުޅުންތެރިން އެޓީމުގައި ގިނައެވެ. ނަމަވެސް އެ ޓީމް ވޯލްޑްކަޕްގައި ބައިވެރިވާން ފެށި ފަހުން އެ މުބާރާތް ކާމިޔާބު ކުރެވުނީ ހަމައެކަނި 1996ގައެވެ. މި އަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑް ކޮލިފައިވީ ކޮލިފައިންގެ ބުރުގެ ގުރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

D. Henderson
(Goalkeeper)
J. Pickford
(Goalkeeper)
A. Ramsdale
(Goalkeeper)
J. Steele
(Goalkeeper)
J. Trafford
(Goalkeeper)
D. Burn
(Defender)
T. Chalobah
(Defender)
M. Guéhi
(Defender)
L. Hall
(Defender)
R. James
(Defender)
E. Konsa
(Defender)
M. Lewis-Skelly
(Defender)
T. Livramento
(Defender)
H. Maguire
(Defender)
J. Quansah
(Defender)
D. Spence
(Defender)
J. Stones
(Defender)
F. Tomori
(Defender)
B. White
(Defender)
E. Anderson
(Midfielder)
J. Bellingham
(Midfielder)
E. Eze
(Midfielder)
P. Foden
(Midfielder)
J. Garner
(Midfielder)
M. Gibbs-White
(Midfielder)
J. Henderson
(Midfielder)
R. Loftus-Cheek
(Midfielder)
K. Mainoo
(Midfielder)
N. O'Reilly
(Midfielder)
C. Palmer
(Midfielder)
D. Rice
(Midfielder)
M. Rogers
(Midfielder)
A. Scott
(Midfielder)
A. Wharton
(Midfielder)
H. Barnes
(Attacker)
J. Bowen
(Attacker)
D. Calvert-Lewin
(Attacker)
A. Gordon
(Attacker)
H. Kane
(Attacker)
N. Madueke
(Attacker)
M. Rashford
(Attacker)
B. Saka
(Attacker)
D. Solanke
(Attacker)
O. Watkins
(Attacker)
ކެޕްޓަން: ހެރީ ކޭން

އިންގްލެންޑް ޓީމުގެ ކެޕްޓަނަކީ ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަށް ކުޅޭ ހެރީ ކޭންއެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ސްޓްރައިކަރެކެވެ. ކޭން އެންމެ ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ކުޅުނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ކޮލިފައިންގައެވެ. އޭރު އޭނާ ޓީމަށް ލަނޑުވެސް ޖަހައިދިނެވެ. އޭނާއަށް އިންގްލެންޑުގެ ކެޕްޓަންކަން ދިނީ 2018 ވަނަ އަހަރުގެ މެއި މަހުއެވެ. އެއީ އެ އަހަރު އޮތް ވޯލްޑްކަޕްގެ ކުރިންނެވެ. ގޯލާ ރައްޓެހި ކޭން ގައުމީ ޓީމަށް ކުޅެން ފެށި ފަހުން އޭނާ ވަނީ އެ ޓީމަށް 51 ގޯލު ޖަހައިފައެވެ.

ކޯޗް: ގެރެތު ސައުތު ގޭޓް

އިންގްލެންޑް ޓީމުގެ ކޯޗަކީ 2016 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގެރެތު ސައުތުގޭޓްއެވެ. މިއަހަރު ގެރެތުއަށް 51 އަހަރު ވާއިރު ގައުމީ ޓީމަށް ޓަކައި އޭނާ ދެކޭ ހުވަފެންތައް ގިނައެވެ. ގެރެތުއަކީ މީގެ ކުރިން މޮޅު ޑިފެންޑަރެއް އަދި މިޑްފިލްޑަރެއް ވެސްމެއެވެ.

މުހިންމު ކުޅުންތެރިން: ފިލް ފޯޑެން

އިންގްލެންޑް ޓީމުގައި މިހާރު ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެންއެވެ. އޭނާ އަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ވެސް ހަމަ އެހާ މުހިއްމު ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ފޯޑެން ގައުމީ ޓީމަށް ކުޅެން ފެށީ 2020 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅެފައެވެ. އިނގިރޭސި ގައުމީ ޓީމަށް ފޯޑެން ވަނީ 18 މެޗު ކުޅެ ދެ ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin