Powered By:
ޓީމުގެ ނަން:
ސާބިއާ
އާބާދީ:
6.9 މިލިއަން
ފީފާ ރޭންކިން:
21
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ސާބިއާއަކީ ޓީމެއްގެ ގޮތުގައި ތަފާތު ދައްކާ، ބޮޑެތި ޓީމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާ ނެރޭ ޓީމެކެވެ. އެ ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނެތް ނަމަވެސް އެ ޓީމަކީ ވެސް ތަޖުރިބާ ހުރި ކުޅުންތެރިތަކެއް އުކެލެވޭ ޓީމެކެވެ. ސާބީއާ ވަނީ މިހާތަނަށް 12 ވޯލްޑްކަޕެއްގައި ކުޅެފައެވެ.

A. Jovanović
(Goalkeeper)
Đ. Petrović
(Goalkeeper)
P. Rajković
(Goalkeeper)
S. Babić
(Defender)
S. Eraković
(Defender)
N. Milenković
(Defender)
O. Mimović
(Defender)
S. Pavlović
(Defender)
J. Šimić
(Defender)
A. Terzić
(Defender)
V. Birmančević
(Midfielder)
N. Gudelj
(Midfielder)
S. Lukić
(Midfielder)
A. Maksimović
(Midfielder)
N. Maksimović
(Midfielder)
L. Samardžić
(Midfielder)
M. Topić
(Midfielder)
S. Zdjelar
(Midfielder)
M. Cvetković
(Attacker)
L. Jović
(Attacker)
S. Mitrović
(Midfielder)
N. Štulić
(Attacker)
D. Vlahović
(Attacker)
A. Živković
(Attacker)
Miloš Veljković
(Defender)
Ivan Ilić
(Attacker)
Aleksandar Katai
(Midfielder)
Filip Kostić
(Midfielder)
Aleksandar Mitrović
(Attacker)
Dragan Rosić
(Goalkeeper)
Veljko Ilić
(Goalkeeper)
Ognjen Ugrešić
(Midfielder)
Kosta Nedeljković
(Midfielder)
Uroš Račić
(Midfielder)
Veljko Milosavljević
(Defender)
Aleksandar Stanković
(Midfielder)
Vasilije Kostov
(Midfielder)
Dejan Zukić
(Midfielder)
Andrej Ilić
(Attacker)
Vanja Dragojević
(Midfielder)
Lazar Ranđelović
(Midfielder)
Luka Lijeskić
(Goalkeeper)
Vuk Draškić
(Goalkeeper)
ކެޕްޓަން: ޑޫސަން ޓެޑިޗް

މިއަހަރު ވޯލްޑްކަޕްގައި ސާބިއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭނީ ޑޫސަން ޓެޑިޗެވެ. އޭނާއަކީ އަޔެކްސްއަށް ކުޅެމުންއަންނަ ފޯވާޑެކެވެ. ގޯލާ ރައްޓެހި އަދި މުހިންމު ދަނޑިވަޅުގައި ގޯލު ޖަހާ ކުޅުންތެރިއްގެ ގޮތުގައި ފާހަކުރެވޭ ޓެޑިޗް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތުއެމްޓަންއަށް ކުޅެފައެވެ. ޓެޑިޗް ސާބިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. އެގެ ފަހުން އޭނާ ވަނީ 90 މެޗު ސާބިއާއަށް ކުޅެދީ 18 ގޯލު ޖަހައިފައެވެ.

ކޯޗް: ޑްރަގަން ސްޓެޖްކޯވިޗް

މިއަހަރު ސާބިއާ ޓީމުގެ ކޯޗަކީ ޑްރަގަން ސްޓެޖްކޯވިޗްއެވެ. އޭނާ އެ މަގާމާ ހަވާލުވީ 2021 ވަނަ އަހަރުގައެވެ. ސްޓެޖްކޯވިޗް އަކީ ކޯޗެއްގެ ގޮތުގައި މާ މަޝްހޫރު މީހެއް ނޫނެވެ. ދެހާސް އަށް ވަނަ އަހަރު ކޯޗިންދާއިރާއަށް ނިކުތް ސްޓެޖްކޯވިޗް މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ ޖަޕާން ލީގުގެ ނަގޯޔާ ކްރެމްޕަސް އެއިޓް އަށެވެ. އެޓީމަށް 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އިރުޝާދު ދިންއިރު، 2010 ވަނަ އަހަރުގެ ޖޭ ލީގާއި 2011 ވަނަ އަހަރު ޖަޕަނީސް ސުޕަކަޕް އެޓީމަށް ކާމިޔާބު ކޮށްދިނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ސްޓެޖްކޯވިޗް ގައުމީ ފެންވަރުގައި ކުރިމަތިލާ ފުރަތަމަ ބޮޑު މުބާރާތެވެ.

މުހިންމު ކުޅުންތެރިން: ޑޫސަން ވްލަހޯވިޗް

ސާބިއާ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ޑޫސަން ވްލަހޯވިޗްއެވެ. އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ވަލަހޯވިޗް އަކީ އިޓަލީގެ ގަދަބާރު ޔުވެންޓަސްއަށް ވެސް މުހިއްމު ކުޅުންތެރިއެކެވެ. އުމުރުން 22 އަހަރުގެ ވްލަހީވިޗް އަކީ މިވަގުތު އިޓާލިއަން ސެރީއޭގެ އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާއެވެ. އޭނާ ސާބިއާގެ ގައުމީ ޓީމަށް ކުޅެންފެށީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ކުޅެދިން 16 މެޗުގައި އަށް ގޯލު ވަނީ ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin