Powered By:
ޓީމުގެ ނަން:
ކެނެޑާ
އާބާދީ:
38.35 މލިއަން
ފީފާ ރޭންކިން:
41
ފެޑްރޭޝަން
ކޮންކާކަފް (އުތުރު އެމެރިކާ)

ކެނެޑާގެ ޓީމަކީ ޔޫރަޕުގެ ކްލަބުތަކުގައި ހިމެނޭ މޮޅެތި، ޒުވާން އެތައް ކުޅުންތެރިންނެއް ހިމެނޭ ޓީމެކެވެ. ކެނެޑާއަކީ ވޯލްޑް ކަޕްގެ ތާރީހުގައި މާ ކާމިޔާބު ޓީމެއް ނޫނެވެ. މިއީ އެޓީމުން ވޯލްޑް ކަޕުގައި ވާދަ ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 1986 ވަނަ އަހަރު އެ ޓީމުން ވަނީ ވޯލްޑް ކަޕުގައި ވާދަކޮށްފައެވެ. ކެނެޑާގެ އެންމެ ބޮޑު ކާމިޔާބަކީ 1985 ވަނަ އަހަރުގެ ކޮންކާކަފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމާއި 2000 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށް 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި ވާދަކުރުމެވެ. ކެނެޑާއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކޯ ހޯސްޓެކެވެ.

Milan Borjan
(Goalkeeper)
J. Pantemis
(Goalkeeper)
D. St. Clair
(Goalkeeper)
S. Adekugbe
(Defender)
D. Cornelius
(Defender)
S. Vitória
(Defender)
A. Johnston
(Defender)
R. Laryea
(Defender)
K. Miller
(Defender)
J. Waterman
(Defender)
S. Eustáquio
(Midfielder)
L. Fraser
(Midfielder)
A. Hutchinson
(Midfielder)
M. Kaye
(Midfielder)
I. Koné
(Midfielder)
J. Osorio
(Midfielder)
S. Piette
(Midfielder)
D. Wotherspoon
(Midfielder)
T. Buchanan
(Attacker)
L. Cavallini
(Attacker)
J. David
(Attacker)
A. Davies
(Attacker)
J. Hoilett
(Attacker)
C. Larin
(Attacker)
L. Millar
(Attacker)
I. Ugbo
(Attacker)
ކެޕްޓަން: އަޓިބާ ހުޗިންސަން

ކެނެޑާއަށް ކުޅެދިން 97 މެޗުގައި ނުވަ ގޯލް ޖަހާފައިވާ ހުޗިންސަން އެގައުމުގެ ސީނިއާ ގައުމީ ޓީމުގައި ކުޅެން ފެށީ 2003 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2007، 2009، 2011 އަދި 2019 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕްތަކުގައި ކެނެޑާ ތަމްސީލް ކޮށްފައެވެ. އެގޮތުން އޭނާގެ މޮޅު ކުޅުމާއި ލީޑާޝިޕްގެ ސަބަބުން 2010 ވަނަ އަހަރު ކެނެޑާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާއަށް ލިބުނެވެ.

ކޯޗް: ޖޯން ހާޑިމަން

ކެނެޑާގެ ސީނިއާ އަންހެނުންގެ ޓީމުގެ ކޯޗްކަން 2011 އިން 2018 އަށް ކޮށްފައިވާ ޖޯން އަކީ އެޓީމަށް ވަރަށް ގިނަ ކުރިއެރުންތައް ހޯދައިދިން ކޯޗެކެވެ. އެއަށް ފަހު ކެނެޑާގެ ގައުމީ ޓީމާ 2018 ވަނަ އަހަރު ހަވާލުވުމަށް ފަހު އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަވަނީ ފީފާގެ ރޭންކިންގެ 72 ވަނައިގައި އޮތް ކެނެޑާ 40ވަނަ އަށް ގެނައުމުގައި އޭނާ އަދާކުރި ރޯލެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ފީފާ ރޭންކިންގެ 33 ވަނައަށްވެސް ކެނެޑާގެ ޓީމް އެރިއެވެ. ޖޯން އަކީ ވޭތުވެދިޔަ 36 އަހަރު ތެރޭގައި ކެނެޑާއަށް ވޯލްޑް ކަޕެއްގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ހޯދައިދިން ކޯޗެވެ.

މުހިންމު ކުޅުންތެރިން: އަލްފޮންސޯ ޑޭވީސް

ދުނިޔޭގެ އެންމެ މޮޅު އެއް ފުލް ބެކަށް އަލްފޮންސޯ ޑޭވީސް ވާނެ ކަމާ މެދު ޝައްކެއް ނެތެވެ. ކްލަބް ފުޓްބޯޅައިގެ ގަދަ ބާރު ބަޔާން މިޔުނިކްއަށް ކުޅޭ އަލްފޮންސޯ ޑޭވީސް ވަނީ ކެނެޑާއަށް ކުޅެދިން 34 މެޗުގައި 12 ލަނޑު ޖަހައިދީފައެވެ. ކެނެޑާގެ ޓީމުގައި ހުރި އެންމެ މުހިއްމު އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ޑޭވީސްއެވެ. އޭނާ އަކީ ޖިސްމާނީ ގޮތުންވެސް ވަރުގަދަ، ބޯޅައާ އެކުވެސް ވަރަށް ބާރަށް ދުވާ ކުޅުންތެރިއެކެވެ. ޑޭވީސް އަކީ ކެނެޑާގެ ތާރީހުގައި ވެސް ކޮންކާކަފްގައި ގޯލް ޖެހި އެންމެ ހަނގު ކުޅުންތެރިޔާއެވެ. އަދި ކޮންކާކަފް 2021ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް ޑޭވީސްއެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin