Powered By:
ޓީމުގެ ނަން:
ޔޫއެސްއޭ
އާބާދީ:
331 މިލިއަން
ފީފާ ރޭންކިން:
16
ފެޑްރޭޝަން
ކޮންކާކަފް

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ގުނާލެވޭ ޔޫއެސްއޭއަކީ ދުނިޔޭގެ ފުޓުބޯޅައިގައި މާވަރުގަދަ ޓީމެއް ނޫނެވެ. ނަމަވެސް އެމެރިކާ ބައްރުގެ ޓީމުތަކުގެ މެދުގައި އެ ޓީމަކީ ކާމިޔާބު ޓީމެކޭ ބުނެވިދާނެއެވެ. ޔޫއެސްއޭއިން ދަނީ 1990 އިން ފެށިގެން 2014އާ ހަމައަށް ވޯލްޑްކަޕްގައި ވާދަކުރަމުންނެވެ. ނަމަވެސް 1990ގެ ފަހުން ފުރަތަމަ ފަހަރަށް ޔޫއެސްއޭ މުބާރާތަށް ކޮލިފައިނުވެ ދިޔައީ އެންމެ ފަހުން އޮތް 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އެއް މުބާރާތުގެ މެދު ކެނޑުމަކަށްފަހު ގަތަރުގައި މި އަހަރު ކުޅޭ ވޯލްޑްކަޕުން މިފަހަރު ޔޫއެސްއޭ ފެންނާނެއެވެ.

E. Horvath
(Goalkeeper)
S. Johnson
(Goalkeeper)
M. Turner
(Goalkeeper)
C. Carter-Vickers
(Defender)
S. Dest
(Defender)
A. Long
(Defender)
S. Moore
(Defender)
T. Ream
(Defender)
A. Robinson
(Defender)
J. Scally
(Defender)
D. Yedlin
(Defender)
W. Zimmerman
(Defender)
B. Aaronson
(Midfielder)
T. Adams
(Midfielder)
L. de la Torre
(Midfielder)
W. McKennie
(Midfielder)
Y. Musah
(Midfielder)
K. Acosta
(Midfielder)
C. Pulišić
(Midfielder)
G. Reyna
(Midfielder)
C. Roldan
(Midfielder)
J. Ferreira
(Attacker)
J. Morris
(Attacker)
J. Sargent
(Attacker)
T. Weah
(Attacker)
H. Wright
(Attacker)
ކެޕްޓަން: ކްރިސްޓިއަން ޕުލިސިޗް

ގަތަރުގައި މިއަހަރު ކުޅޭ ވޯލްޑްކަޕްގައި ޔޫއެސްއޭ ޓީމްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭނީ ޗެލްސީގެ ހުނަރުވެރި ފޯވާޑް ކްރިސްޓިއަން ޕުލިސިޗެވެ. އޭނާއަކީ ޗެލްސީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ޓީމުގައި ވެސް ޕުލިސިޗްގެ މޮޅު ކުޅުން ފެނުނެވެ. އޭނާ ޔޫއެސްއޭ ގައުމީ ޓީމަށް ކުޅުނު 51 މެޗުގައި ވަނީ 21 ގޯލު ޖަހައި 10 އެސިސްޓު ހަދައިފައެވެ.

ކޯޗް: ގްރެގް ބެރްހަލްޓާ

ޔޫއެސްއޭގެ ކޯޗު ގްރެގް ބެރްހަލްޓާ އަކީ އެމެރިކާގެ ފުޓްބޯޅަ ކޯޗެއްގެ އިތުރުން އެ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ބެރްހަލްޓާ ޔޫއެސް ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ 2018 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ އެ ގައުމުގެ މޭޖާ ލީގުގެ ކޮލަމްބަސް ކްރޫ އެސްސީއަށް ކޯޗުކޮށްދީ، ސްވިޑެންގެ ހަމާބީ އައިއެފްއަށް ކޯޗުކޮށްދިނުމުގެ އިތުރުން އެލްއޭ ގެލެކްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މުހިންމު ކުޅުންތެރިން: ވެސްޓަން މެކްކެނީ

ޔޫއެސްއޭގެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއަކަށް އިޓަލީގެ ޔުވެންޓަސްއަށް ކުޅޭ މިޑްފިލްޑަރު ވެސްޓަން މެކްކެނީ ފާހަގަކޮށްލެވެއެވެ. އޭނާއަކީ ޔުވެންޓަސްއަށް މުހިއްމު ކުޅުންތެރިއަކަށްވީ ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ވަނީ އެ ޓީމުގެ ގިނަ މެޗުތަކެއް ގެއްލިފައެވެ. މި ވޯލްޑްކަޕުގައި މެކްކެނީގެ މޮޅު ކުޅުން ފެންނާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin