Powered By:
ޓީމުގެ ނަން:
ގަތަރު
އާބާދީ:
2.79 މިލިއަން
ފީފާ ރޭންކިން:
50
ފެޑްރޭޝަން
އޭއެފްސީ (އޭޝިއާ)

މި އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގަތަރަށް ވަނީ ލިބިފައެވެ. އެ ޓީމުގެ ތާރީޚުގައި އަދި އެއްވެސް ފަހަރަކު ވޯލްޑުކަޕަކަށް ކޮލިފައިވެފައެއްނުވެއެވެ. ނަމަވެސް އެ ޓީމުން ވަނީ 10 އޭޝިއަން ކަޕެއްގައި ކުޅެ 2019 ވަނަ އަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެ ޓިމުން ވަނީ ތިން ފަހަރެއްގެ މަތިން އަރަބިއަން ގަލްފު ކަޕް ކާމިޔާބުކޮށްފައެވެ.

Mahmud Abunada
(Goalkeeper)
Meshaal Barsham
(Goalkeeper)
Shehab Ellethy
(Goalkeeper)
Homam Ahmed
(Defender)
Sultan Al Braik
(Defender)
A. Al Hussain
(Defender)
A. Al Oui
(Defender)
Youssef Ayman
(Defender)
Jassem Gaber
(Defender)
Lucas Mendes
(Defender)
Assim Madibo
(Defender)
Mohamed Al Manai
(Midfielder)
Ali
(Midfielder)
Ahmed Fathi
(Midfielder)
Abdulaziz Hatem
(Midfielder)
G. Laye
(Midfielder)
Tarek Salman
(Midfielder)
Mohammed Waad
(Midfielder)
Akram Afif
(Attacker)
Edmilson Junior
(Attacker)
M. Gouda
(Attacker)
Mohammed Muntari
(Attacker)
ކެޕްޓަން: ަސަން އަލް ހައިދޯސްހަ

ގަތަރު ގައުމީ ޓީމުގެ ކެޕްޓަނަކީ، އެ ގައުމުގެ އަލް ސަދަށް ކުޅެމުން އަންނަ ފޯވާޑު ހަސަން ހާލިދު ހަސަން އަލް ހައިދޯސްއެވެ. އަލްސަދުގެ ޔޫތު އެކެޑަމީން 1998 ވަނަ އަހަރު ފުޓުބޯޅަ ކުޅެން ފެށި ހާލިދު އެ ޓީމުގެ ރަސްމީ ޓީމަށް ކުޅެންފެށީ 2007 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 261 މެޗު ކުޅެދީ 84 މެޗު ކާމިޔާބުކޮށްދީފައެވެ. އަދި 31 އަހަރުގެ ހާލިދު ވަނީ ގަތަރު ގައުމީ ޓީމަށް 163 މެޗު ކުޅެދީ 33 ގޯލު ވެސް ޖަހައިދީފައެވެ.

ކޯޗް: ފީލިކްސް ސަންޗޭޒް

ގަތަރު ޓީމުގެ ކޯޗަކީ ސްޕެއިންގެ ފީލިކްސްއެވެ. އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ކޮށްފައެވެ. އޭނާ ގަތަރުގެ ގައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރެވެ. އޭގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގަތަރުގެ ޒުވާން އެކި އުމުރުފުރައިގެ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ.

މުހިންމު ކުޅުންތެރިން: އަލްމޮއެޒް އަލީ

ފުޓުބޯޅަ ޓީމެއްގެ އެންމެ މުހިންމު އެއްކަމަކީ ގޯލު ޖަހައި މެޗުތައް ކާމިޔާބުކުރުމެވެ. ގަތަރުގެ ގައުމީ ޓީމުން މިހާރު އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިއަކީ އުމުރުން 25 އަހަރުގެ އަލްމޮއެޒް އަލީއެވެ. ގަތަރުގެ އަލް ދުހައިލަށް ކުޅޭ، ގޯލާ ރައްޓެހި އެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 74 މެޗު ކުޅެދީ 39 ގޯލު ޖަހައިދީފައެވެ. ޓީމަށް އެންމެ މުހިންމު ދަނޑިވަޅުގައި ތަފާތު ދައްކާ ކުޅުންތެރިންގެ ތެރޭގައި އަލްމޮއެޒް އަބަދުވެސް ހިމެނޭނެއެވެ. އޭނާއަކީ ޔޫރަޕުގެ ފުޓުބޯޅައިގެ ތަޖުރިބާ ވެސް ހުރި ކުޅުންތެރިއެކެވެ. އޮސްޓިރިއާ ލީގުގެ ލަސްކްއަށް ކުޅެ ސްޕެއިންގެ ތިން ވަނަ ލެވެލްގެ ޕްރިމެރާ ޑިވިޝަންގެ ކުލަބެއްކަމަށްވާ ކަލްޗަރަލް ޑެޕޮޓީވާ ލިއޮނޭސާއަށް އަލްމޮއޭޒް ވަނީ ކުޅެފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin