Powered By:
ޓީމުގެ ނަން:
ބްރެޒިލް
އާބާދީ:
214 މިލިއަން
ފީފާ ރޭންކިން:
1
ފެޑްރޭޝަން
ކޮންމެބޮލް (ދެކުނު އެމެރިކާ)

ފުޓުބޯޅައިގެ ވާހަކަ ދައްކާފައި ބްރެޒިލްގެ ވާހަކަ ނުދައްކާ ދޫކޮށްލައިފިނަމަ އެ ވަނީ ފުޓުބޯޅައަށް ވެވޭ ބޭއިންސާފަކަށެވެ. ބްރެޒިލްއަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ބްރެޒިލްއަކީ ވޯލްޑް ކަޕް ފަސް ފަހަރަށް ކާމިޔާބުކޮށް، މިހާތަނަށް ބޭއްވުނު ހުރިހާ މުބާރާތެއްގައި ވާދަ ކުރުމުގެ ޝަރަފް ހޯދާފައިވާ ހަމައެކަނި ޓީމެވެ. ބްރެޒިލް މި އަހަރު ވެސް ނިކުންނަނީ ވޯލްޑްކަޕްގެ ތަށި ހޯދުމުގެ އަޒުމުގައެވެ. އެ ޓީމަށް މިއަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

Bento
(Goalkeeper)
Ederson
(Goalkeeper)
Hugo Souza
(Goalkeeper)
John
(Goalkeeper)
Alex Sandro
(Defender)
Beraldo
(Defender)
Bremer
(Defender)
Caio Henrique
(Defender)
Danilo
(Defender)
Éder Militão
(Defender)
Fabrício Bruno
(Defender)
Gabriel Magalhães
(Defender)
Ibañez
(Defender)
Kaiki
(Defender)
Léo Pereira
(Defender)
Luciano Juba
(Defender)
Marquinhos
(Defender)
Paulo Henrique
(Defender)
Douglas Santos
(Defender)
Vitinho
(Defender)
Wesley
(Defender)
André
(Midfielder)
Andrey Santos
(Midfielder)
Bruno Guimarães
(Midfielder)
Carlos Augusto
(Midfielder)
Casemiro
(Midfielder)
Danilo
(Midfielder)
Fabinho
(Midfielder)
Gabriel Sara
(Midfielder)
João Gomes
(Midfielder)
Joelinton
(Midfielder)
Lucas Paquetá
(Midfielder)
Matheus Cunha
(Attacker)
Endrick
(Attacker)
Estêvão
(Attacker)
Igor Jesus
(Attacker)
João Pedro
(Attacker)
Luiz Henrique
(Attacker)
Gabriel Martinelli
(Attacker)
Raphinha
(Attacker)
Rayan
(Attacker)
Richarlison
(Attacker)
Rodrygo
(Attacker)
Thiago
(Attacker)
Vinícius Júnior
(Attacker)
Vitor Roque
(Attacker)
ކެޕްޓަން: ތިއާގޯ ސިލްވާ

ބްރެޒިލް ޓީމުގެ ކެޕްޓަނަކީ، އެ ކުޅުންތެރިއެއް ދެކެ އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާ އެއް ކުޅުންތެރިޔާ އަދި އިނގިރޭސި ގަދަ ބާރު ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާއެވެ. ސިލްވާއަކީ ޖެހިލުން ކުޑަ، ގޯލު ދިފާއުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުންނަ ކުޅުންތެރިއެކެވެ. ފުޓުބޯޅަ ކެރިއަރު ފުލުމިނޭންސުން ފަށައި، ބާސެލޯނާގެ ޔޫތު އެކެޑަމީން ތަމްރީނު ހޯދުމަށްފަހު ޕޯޓޯ، ޑައިނަމޯ މޮސްކޯ، ފުލުމިނޭންސް، އިންޓަމިލާންގެ އިތުރުން ޕީއެސްޖީން ވިދާލި އުމުރުން 38 އަހަރުގެ ޑިފެންޑަރު މިހާރު ވަނީ ބްރެޒިލް ގައުމީ ޓީމަށް 109 މެޗު ކުޅެ ހަތް ގޯލު ޖަހައިފައެވެ. މިއަހަރުގެ ވޯލްޑްކަޕަކީ ސިލްވާގެ އެންމެ ފަހު ވޯލްޑްކަޕެވެ.

ކޯޗް: ޓިޓޭ

ބްރެޒިލްގެ މިފަހަރުގެ ކޯޗަކީ އެ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވެސް އިރުޝާދުދިން ކޯޗު ޓިޓޭއެވެ. އޭނާ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ޓިޓޭގެ އިރުޝާދާއެކު ބްރެޒިލް ވަނީ ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ޓިޓޭ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ވަނީ މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ ލީގުތަކުގެ ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ.

މުހިންމު ކުޅުންތެރިން: ނޭމާ ޖޫނިއާ

ބްރެޒިލްގެ ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ މުހިންމު ކުޅުންތެރިއަކީ ނޭމާ ޖޫނިއާއެވެ. އޭނާއަކީ ދުވެލި ބާރު، ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މީގެއިތުރުން ނޭމާ ވަނީ އޭނާގެ ނައްޓާ ކޮށްޓުމުގެ ޖާދޫގައި ގިނަބަޔަކު ޖައްސާފައެވެ. ނޭމާ ގައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅެފައެވެ. ފްރާންސްގެ ޕީއެސްޖީގައި ކުޅޭ ނޭމާ މަޝްހޫރުވެގެންދިޔައީ ސްޕެއިންގެ ބާސެލޯނާއަށް ކުޅުނު ދުވަސްވަރުއެވެ. ނޭމާ ވަނީ މިހާރު ގައުމީ ޓީމަށް 121 މެޗު ކުޅެ 75 ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin