Powered By:
ޓީމުގެ ނަން:
ޕޯޗުގަލް
އާބާދީ:
10.31 މިލިއަން
ފީފާ ރޭންކިން:
9
ފެޑްރޭޝަން
ޔޫއެފާ

ވިލާތުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ޔޫއެފާ ޔޫރޯ 2016 ވަނަ އަހަރު ކާމިޔާބުކުރި ޕޯޗުގަލް ޓީމަކީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް ނަމަވެސް އެއީ ވޯލްޑްކަޕްގައި މާ ކާމިޔާބު ޓީމެކޭ ބުނެވޭކަށްނެތެވެ. މި އަހަރުގެ ވޯލްޑްކަޕަށް ޕޯޗުގަލްއިން ނުކުންނަނީ ސީދާ ތަށި ހޯދުމުގެ އަޒުމުގައެވެ. މިއީ ޕޯޗުގަލް މި މުބާރާތުގައި ކުޅޭ އަށްވަނަ ފަހަރެވެ.

João Carvalho
(Goalkeeper)
Diogo Costa
(Goalkeeper)
José Sá
(Goalkeeper)
Rui Silva
(Goalkeeper)
Ricardo Velho
(Goalkeeper)
João Cancelo
(Defender)
Diogo Dalot
(Defender)
Rúben Dias
(Defender)
Gonçalo Inácio
(Defender)
Nuno Mendes
(Defender)
Nélson Semedo
(Defender)
António Silva
(Defender)
Nuno Tavares
(Defender)
Renato Veiga
(Defender)
Bruno Fernandes
(Midfielder)
Pote
(Midfielder)
João Neves
(Midfielder)
Rúben Neves
(Midfielder)
Matheus Nunes
(Midfielder)
João Palhinha
(Midfielder)
Samú Costa
(Midfielder)
Bernardo Silva
(Midfielder)
Vitinha
(Midfielder)
Francisco Conceição
(Attacker)
Carlos Forbs
(Attacker)
João Félix
(Attacker)
Rafael Leão
(Attacker)
Pedro Neto
(Attacker)
Paulinho
(Attacker)
Gonçalo Ramos
(Attacker)
Cristiano Ronaldo
(Attacker)
Trincão
(Attacker)
ކެޕްޓަން: ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ޕޯޗުގަލް ޓީމުގެ ކެޕްޓަނެވެ. ބައިނަލްއަގްވާމީ ފުޓުބޯޅައިގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު ނިމުމަކާ ހަމައަށް އަންނައިރު އޭނާއަށް މިއަހަރުގެ ވޯލްޑްކަޕް ހާއްސައެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް މި މުބާރާތް ވެދާނެކަމަށް ބެލެވޭއިރު، ވޯލްޑްކަޕަކާއެކު ކެރިއަރު ނިންމާލަން އޭނާއާއި އޭނާގެ ސަޕޯޓަރުން ވެސް ބޭނުންވެއެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 191 މެޗު ކުޅެ، 117 ގޯލު ޖަހައިފައެވެ.

ކޯޗް: ފެނާންޑޯ ސަންޓޯސް

އުމުރުން 67 އަހަރުގެ ފެނާންޑޯ ސަންޓޯސް އަކީ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗެވެ. އޭނާ ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރުއެވެ. އޭގެ ކުރިން ސަންޓޯސް ވަނީ ގްރީސްގެ ގައުމީ ޓީމުގެ އިތުރުން ޕޯޗުގަލްގެ ބެންފިކާގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ސަންޓޯސް ވަނީ ޕޯޗުގަލްއަށް 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދީފައެވެ.

މުހިންމު ކުޅުންތެރިން: ބަނާޑޯ ސިލްވާ

ޕޯޗުގަލް ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ބަނާޑޯ ސިލްވާއެވެ. އޭނާއަކީ ޓީމުގެ އެޓޭކްތައް އުފެއްދުމުގެ އިސް މޭސްތިރިޔާއެވެ. ބަނާޑޯގެ މޮޅު ކުޅުމުގެ ސަބަބުން މިހާރު ވެސް ގިނަ ކުލަބުތަކަކުން ދަނީ އޭނާއަށް ފާރަލަމުންނެވެ. އުމުރުން 28 އަހަރުގެ ބަނާޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 72 މެޗު ކުޅެ އަށް ގޯލު ޖަހައިފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin