Powered By:
ޓީމުގެ ނަން:
ބެލްޖިއަމް
އާބާދީ:
11.59 މިލިއަން
ފީފާ ރޭންކިން:
2
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ބެލްޖިއަމް ޓީމަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެކެވެ. ދެހާސް ނަވާރަ ވަނަ އަހަރުއްސުރެ 2022 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްގެ ޓީމަށް މާ އެދެވޭ ނަތީޖާތަކެއް ފާއިތުވި އަހަރުތަކުގައި ނެރެވިފައެއް ނުވެއެވެ. އެގޮތުން ބަލާއިރު، އެންމެ ފަހުން ނޭޝަންސް ލީގުގައި އެޓީމު ކުޅުނު މެޗުންވެސް ބަލިވިއިރު 2020 ވަނަ އަހަރުގެ ޔޫރޯގައި ވެސް އެޓީމަށް ކާމިޔާބީއެއް ނުލިބެއެވެ. ނަމަވެސް ކެވިން ޑެ ބުރައިން، ރޮމެލޫ ލުކާކޫ އަދި އެޑެން ހަޒާޑް ފަދަ މޮޅެތި ކުޅުންތެރިން ހިމެނޭ ސްކޮޑް މިފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ. އެ ޓީމަކީ ގްރޫޕް އެފްގެ ފޭވަރިޓުން ކަމަށް ގިނަ މީހުން ގަބޫލުކުރާ ޓީމެވެ.

K. Casteels
(Goalkeeper)
M. Sels
(Goalkeeper)
M. Vandevoordt
(Goalkeeper)
A. Al Dakhil
(Defender)
T. Castagne
(Defender)
M. De Cuyper
(Defender)
Z. Debast
(Defender)
W. Faes
(Defender)
K. Sardella
(Defender)
M. Smets
(Defender)
A. Theate
(Defender)
A. Engels
(Midfielder)
R. Lavia
(Midfielder)
O. Mangala
(Midfielder)
A. Onana
(Midfielder)
A. Sambi Lokonga
(Midfielder)
A. Vermeeren
(Midfielder)
J. Bakayoko
(Attacker)
S. Mbangula
(Attacker)
R. Lukaku
(Attacker)
D. Lukebakio
(Attacker)
L. Openda
(Attacker)
L. Trossard
(Attacker)
ކެޕްޓަން: އެޑެން ހަޒާޑް

އެޑެން ހަޒާޑް ވަނީ ބެލްޖިއަމަށް 122 މެޗު ކުޅެދީ 33 ގޯލް ޖަހައިދީފައެވެ. އަނިޔާގެ ސަބަބުން ފާއިތުވި ދެ ސީޒަނުގައި ހަޒާޑަށް ނުކުޅެވުނަސް އޭނާއަކީ ފޯމުގައި ހުރި އިރު ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ކުޅެނީ ކްލަބް ފުޓްބޯޅައިގައި ދުނިޔޭގެ ގަދަބާރު ރެއަލް މެޑްރިޑްއަށެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމަށް ތިން ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އެގޮތުން އެ އަހަރު ހަޒާޑް ވަނީ އެފަހަރުގެ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ސިލްވާ ބޯލް ހާސިލްކޮށްފައެވެ.

ކޯޗް: ރޮބާޓޯ މާޓިނޭޒް

ސްޕެއިންގެ ރޯބާޓޯ މާޓިނޭޒް އަކީ މިހާތަނަށް ބެލްޖިމްއިން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ އެ ޓީމަށް ހޯދައިދިން ކޯޗެވެ. އެގޮތުން 2018 ވަނަ އަހަރު ބެލްޖިއަމްގެ ޓީމުން ވޯލްޑް ކަޕުގައި ހޯދި ތިންވަނަ އަކީ ބްލެޖިއަމްގެ ތާރީހުގައިވެސް އެޓީމުން ވޯލްޑް ކަޕުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބެލްޖިއަމްގެ ގައުމީ ޓީމާ ހަވާލުވި ރޮބާޓޯ ވަނީ އެޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ކޯޗްކަން ކޮށްދީފައެވެ.

މުހިންމު ކުޅުންތެރިން: ކެވިން ޑެ ބްރުއިން

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކެވިން އޭނާގެ އިންޓަނޭޝަނަލް ފުލް ކެރިއަރު ފެށީ 2010 ވަނަ އަހަރުއެވެ. އިނގިރޭސި ކްލަބް ފުޓްބޯޅައިގެ ރަސްކަން ކުރާ މެންޗެސްޓާ ސިޓީއަށް ކުޅޭ ހުނަރުވެރި މިޑްފިލްޑަރު ކެވިން ޑެ ބްރުއިން އަކީ ބެލްޖިއަމްގެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ކެވިން އަކީ ދުރު ޕާސްތައް ޖެހުމާއި އެރިއާ ބޭރުންވެސް ގޯލު ޖެހުމުގައި ފާހަގަވާ ކުޅުންތެރިއެކެވެ. ބެލްޖިއަމަށް ކުޅެދިން 93 މެޗުގައި 25 ގޯލް ޖަހާފައިވާ ކެވިން އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2016 ވަނަ އަހަރުގެ ޔޫރޯގައި ބެލްޖިއަމްގެ ޓީމް ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin