Powered By:
ޓީމުގެ ނަން:
އޮސްޓްރޭލިއާ
އާބާދީ:
25.74 މިލިއަން
ފީފާ ރޭންކިން:
38
ފެޑްރޭޝަން
އޭއެފްސީ (އޭޝިއާ)

އޮސްޓްރޭލިއާއަކީ އޭއެފްސީގެ ގަދަ ބާރެކެވެ. މިފަހަރުގެ ވޯލްކަޕް ކޮލިފައިންއަށް އޮސްޓްރޭލިއާ ކޮލިފައިވީ ހަނިގޮތަކަށެވެ. ކޮލިފިކޭޝަންގައި ޕެރޫއާ ވާދަކޮށް ކުޅުނު މެޗު އެއްވަރު ވެގެން އޮސްޓްރޭލިއާ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކުރީ ޕެނަލްޓީ ޖަހައިގެން 5-6ގެ ނަތީޖާއަކުންނެވެ.

P. Beach
(Goalkeeper)
P. Izzo
(Goalkeeper)
M. Ryan
(Goalkeeper)
A. Behich
(Defender)
J. Bos
(Defender)
C. Burgess
(Defender)
A. Circati
(Defender)
J. Geria
(Defender)
L. Herrington
(Defender)
M. Degenek
(Midfielder)
A. Hrustić
(Midfielder)
J. Italiano
(Midfielder)
R. McGree
(Midfielder)
A. O'Neill
(Midfielder)
Paul Michael Junior Okon-Engstler
(Midfielder)
A. Robertson
(Midfielder)
K. Trewin
(Midfielder)
P. Yazbek
(Midfielder)
M. Boyle
(Attacker)
N. Irankunda
(Attacker)
D. Jurić
(Attacker)
A. Mabil
(Attacker)
C. Metcalfe
(Attacker)
A. Šuto
(Attacker)
N. Velupillay
(Attacker)
ކެޕްޓަން: މެތިއު ރަޔަން

އޮސްޓްރޭލިއާގެ ކެޕްޓަނަކީ ޑެންމާކްގެ ކޮޕަންހޭގަންއަށް ކުޅެމުން އަންނަ ރަޔަންއެވެ. އޭނާ ވަނީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުލަބުތަކަކަށް ކުޅެފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށާއި އާސެނަލްގެ ގޯލު އޭނާ ބެލެހެއްޓިއެވެ. އަދި ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއޭޑެޑްގެ އިތުރުން ވެލެންސިއާއަށް ވެސް އޭނާ ކުޅުނެވެ. ރަޔަން ވަނީ 74 މެޗު އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅެފައެވެ.

ކޯޗް: ގްރަހަމް އާނޯލްޑް

އުމުރުން 59 އަހަރުގެ އޮސްޓްރޭލިއާގެ ކޯޗު، ގްރަހަމް ޖޭމްސް އާނޯލްޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފެނިފައިވަނީ 1989 ވަނަ އަހަރުއެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އޮސްޓްރޭލިއާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. އޭނާ އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ގްރަހަމްގެ އިރުޝާދުގެ ދަށުން އޮސްޓްރޭލިއާ ކުޅޭ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެވެ.

މުހިންމު ކުޅުންތެރިން: އަޖްދީން ހުރުސްޓިކް

އިޓަލީގެ ވެރޯނާއަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ އަޖްދީން ހުރުސްޓިކް އަކީ ހަލުވި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ކުޅުންތެރިއެކެވެ. އޭނާ ޖަރުމަނުގެ ފްރެންކްފާޓްގައި ދެ ސީޒަނެއް ހޭދަކުރުމަށް ފަހު އިޓަލީގެ ވެރޯނާއަށް ބަދަލުވީ މި އަހަރުއެވެ. މީގެ ކުރިން ނެދަލެންޑްސްގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހުރުސްޓިކް އޮސްޓްރޭލިއާގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އޮސްޓްރޭލިއާ ޓީމަށް ކުޅެދިން 19 މެޗުގައި ތިން ގޯލު ޖަހައިދީފައެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin