Powered By:
ޓީމުގެ ނަން:
ނެދަލޭންޑްސް
އާބާދީ:
17.8 މިލިއަން
ފީފާ ރޭންކިން:
8
ފެޑްރޭޝަން
ޔޫއެފާ (ޔޫރަޕް)

ދެހާސް ދިހަ ވަނަ އަހަރު ވޯލްޑު ކަޕްގެ ރަނަރަޕް ކަމަށްވާ ނެދަލޭންޑްސްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ. އެ ޓީމަކީ 1988 ވަނަ އަހަރުގެ ޔޫއެފާ ޔޫރޯގެ ޗެމްޕިއަން ޓީމެވެ. އަދި 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ރަނަރަޕް ޓީމަކީ ވެސް އެއީއެވެ. އެ ޓީމުގެ ފުޓުބޯޅަ އަޑިއަޅާލި ނަމަވެސް މިހާރު އެ ޓީމަށް ވަނީ ބަހާރު މޫސުން ލައިގެންފައެވެ. ވޯލްޑުކަޕަށް ނެދަލެންޑްސް ކުރިމަތިލައިފައިވަނީ ކޮލިފައިންގައި އެ ޓީމު ހިމެނޭ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

M. Bizot
(Goalkeeper)
M. Flekken
(Goalkeeper)
B. Verbruggen
(Goalkeeper)
N. Aké
(Defender)
D. Blind
(Defender)
M. de Ligt
(Defender)
D. Dumfries
(Defender)
J. Frimpong
(Defender)
L. Geertruida
(Defender)
V. van Dijk
(Defender)
J. Schouten
(Midfielder)
M. de Roon
(Midfielder)
T. Koopmeiners
(Midfielder)
T. Reijnders
(Midfielder)
X. Simons
(Midfielder)
Q. Timber
(Midfielder)
J. Veerman
(Midfielder)
M. Wieffer
(Midfielder)
G. Wijnaldum
(Midfielder)
M. Depay
(Attacker)
C. Gakpo
(Attacker)
D. Malen
(Attacker)
W. Weghorst
(Attacker)
ކެޕްޓަން: ވާގިލް ވެންޑައިކް

ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވާގިލް ވެންޑައިކް އަކީ ނެދެލެންޑްސް ޓީމުގެ ކެޕްޓަން ބޭންޑު އަޅާ ކުޅުންތެރިއާއެވެ. އޭނާ އަކީ އެ ޓީމުގެ މައި އެއް ތަނބެވެ. ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ނަން ކިޔާއިރު ވެންޑައިކްގެ ނަން ނުކިޔާ އެ ލިސްޓު ފުރިހަމައެއް ނުވާނެއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑޯ އެވޯޑަށް 2019 ވަނަ އަހަރު އެންމެ ގާތުން ވާދަކުރީ އޭނާއެވެ. އެ އަހަރު އޭނާ ވަނީ ޔޫއެފާ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ގަވައިދުން ގައުމީ ޓީމުގެ ޖާގަ ހޯދަމުންދާ ވެންޑައިކް ވަނީ މިހާތަނަށް ނެދެލޭންޑްސްގެ ގައުމީ ޓީމަށް 47 މެޗު ކުޅެދީ ފަސް ގޯލު ޖަހައިދީފައެވެ.

ކޯޗް: ލުއިސް ވެން ހާލް

ދުނިޔޭގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ ވެން ހާލް ނެދެލޭންޑްސްގެ ކޯޗުކަމާ އެންމެ ފަހުން ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ މީގެ ކުރިން ދެފަހަރެއްގެ މަތިން ނެދަލޭންޑްސް ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވެއެވެ. ތިން ވަނަ ފަހަރަށް ނެދަލޭންޑްސްގެ ގައުމީ ޓީމާ ހަވާލުވެ 70 އަހަރުގެ ވެން ހާލްގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ ނެދަލޭންޑްސް އާއެކު މި އަހަރުގެ ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. އޭނާގެ އިރުޝާދުގެ ދަށުން 2014 ވަނަ އަހަރު ނެދަލޭންޑްސް ވަނީ ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅެފައެވެ.

މުހިންމު ކުޅުންތެރިން: މެމްފިސް ޑިޕޭ

ޕީއެސްވީން 2011 ވަނަ އަހަރު ކެރިއަރު ފެށި ޑިޕޭ ވަނީ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި، އޮލިމްޕިކް ލިޔޯންއަށް ކުޅެފައެވެ. މިހާރު އޭނާ ކުޅެމުން ދަނީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއަށެވެ. އުމުރުން 15 އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޑިޕޭ ވަނީ ނެދަލޭންޑްސް ގައުމީ ޓީމަށް 80 މެޗު ކުޅެދީ 42 ގޯލު ޖަހައިދީފައެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގައި އޭނާ ވަނީ ނެދަލޭންޑްސް ގައުމީ ޓީމާއެކު އެ މުބާރާތުގެ ތިން ވަނަ ޓީމުގެ މަގާމު ހޯދައިފައެވެ. މިއަހަރުގެ ވޯލްޑުކަޕަށް ނެދަލޭންޑްސް ކޮލިފައި ވުމުގައި ޑިޕޭގެ ދައުރު ބޮޑެވެ.

ޓީމް ޕްރޮފައިލް

Content by: Ahmed Izmeem
Graphics & UI: Ali Shahin